ފިރިމީހާ މަސައްކަތުން ނިމިގެން ގެއަށް އަންނައިރަށް ތާހިރުވެ ސެންޓްޖަހައިގެން މަރުޙަބާކިޔަން އަނބިމީހާއަށް ތައްޔާރަށް ހުރުން ބުރައަކަށް ނުވާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ފިރިމީހާ މަސައްކަތުން ނިމިގެން ގެއަށް އަންނައިރަށް ތާހިރުވެ ސެންޓްޖަހައިގެން މަރުޙަބާކިޔަން އަނބިމީހާއަށް ތައްޔާރަށް ހުރުން ބުރައަކަށް ނުވާނެ ގޮތް-

އަހުރެންގެ ބައެއް އެކުވެރިން ގެއަށް އައި ދުވަހެކެވެ. އެމީހުންނަށް މަރުޙަބާކިޔަން ވަރަށް ފުރިހަމައަށް ތައްޔާރުވީމެވެ. ގޭގެ މަސައްކަތްކުރަމުން އެމީހުންނަށް ކައްކަމުންވެސް އެމީހުން އަންނަންވާއިރަށް ފެންވަރައި ނަލަހެދި ސެންޓްޖެހީމެވެ.

ދެން އަހުރެންގެ ހިތަށް އެރިއެވެ. ބޭރު ބައަކު ގެއަށް އަންނާތީ މިހައިވަރަށް ތައްޔާރުވެއްޖައީމެވެ. މަސައްކަތްކުރަމުން ތައްޔާރުވެ ގައިން މީރުވަސްދުއްވުމަކީ ބުރަކަމަށްވެސް ނުވިއެވެ. އެހެންވީމާ އަހުރެންނަކީ ވަރަށް ބޮޑު ކުށްވެރިއެކީމެވެ. މިކަންކަމަކީ ކޮންމެ ދުވަހަކު އަހުރެންގެ ލޯބިވާ ފިރިމިހާއަށްޓަކައި އަހުރެން ކުރަންޖެހޭނެ ކަންކަމެވެ. 

އެވިސްނުމުގައި ކަންކަން ކުރަން ފެށުމުން ފިރިމީހާ އޮފީސް ނިމިގެން ގެއަށް އަންނަންވާއިރަށް ފެންވަރައި ނަލަހެދި ރީވެ ސެންޓްޖަހައިގެން ހުންނަން ފެށީމެވެ. ދުވަސްކޮޅަކުން ފިރިމީހާގެ ކިބައިން އެކަމަށް ތަޢްރީފްވެސް ލިބެންފަށައިފިއެވެ. ލޯބި ލިބުމާއި އަޅައިލުން ލިބުން އިތުރުވެއްޖެއެވެ. 

އެހިސާބުން ފިރިމީހާއަށްވެސް ޝަރުޠެއް ހުށަހެޅީމެވެ. އެއީ ގެއަށް އައުން ލަސްނުކުރުމަށާއި ސަބަބެއް މެދުވެރިވެގެން ކޮންމެހެން ލަސްކުރަން ޖެހިއްޖެނަމަވެސް ކުރިއާލައި އެކަން އަންގައިލަދިނުމަށެވެ. ފިރިމީހާވެސް އުފަލުން ހުރެ އެކަން ޤަބޫލުކުރިއެވެ. 

ޙަޤީޤަތުގައި މިހުންނަނީ ވަރަށް އާދައިގެ ކުދިކުދި ކަންކަމެވެ. އަނބިންނަށްވެސް އަދި ފިރިންނަށްވެސް ކުރަން އުނދަގޫ ކަންކަމެއް ނޫނެވެ. ފިރިމީހާ އަންނަންވާއިރަށް މަރުޙަބާ ކިޔަން ތައްޔާރުވުމަކީ އަނބިންނަށް ބުރައަކަށް ނުވާނީ ފިރިމީހާވެސް އަވަހަށް ގެއަށް އަންނަނަމައެވެ. ލަސްވާނަމަ އެކަންވެސް ބުނަމުން ދިއުމެވެ. އަދި ގެއަށް އައިސް އަނބިދަރިންނަށް އަޅާލައި ލޯބިދޭނަމައެވެ. 

- އަލަފް

މިއަދު އޮންލައިން