ކޮންމެ ދުވަހަކު އާދަކޮށް ކުރެވިދާނެ ހެޔޮ ޢަމަލުތައް: 3

ކިޔުމަށް ހޭދަވާނީ 9މ 29ސ
ކޮންމެ ދުވަހަކު އާދަކޮށް ކުރެވިދާނެ ހެޔޮ ޢަމަލުތައް: 3

ޢާއިޝަތު ރަފާޙް ޢަލީ

 

ޞަދަޤާތް ކުރުން: 

ޞަދަޤާތް ދިނުމުގެ ސަބަބުން ހިތް ސާފުވެ ކިބުރުވެރި ކަމުން ސަލާމަތްވެގެންދެއެވެ. އަދި އުޚްރަވީ ޙަޔާތުގައި އޭނާގެ ދަރަޖަ ﷲ ޙަޟްރަތުގައި މަތިވެރިވުމާއި، ދުނިޔޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއަކަށް ވުމާއި، ނަރަކައިން މީހާ މުއްތިކުރާ ކަމަކަށް ވެގެންދެއެވެ. 

އެގޮތުން ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 271 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

إِن تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّئَاتِكُمْ ۗ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴿٢٧١﴾‏

މާނައީ: "(واجب ނޫން) صدقات ތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅު ކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ صدقات ތައް فقير ންނަށް ދެނީނަމަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި، އެއީ، ތިޔަބައިމީހުންގެ ކުށްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ފުއްސަވާނޭ ކަމެކެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

މީގެ އިތުރުން ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރައްވާފައިވެއެވެ. 

قال صلى الله عليه وسلم في الحديث الذي رواه عنه أبو هريرة رضي الله عنه: ((سَبْعَةٌ يُظِلُّهُمُ اللهُ في ظِلِّهِ، يَومَ لا ظِلَّ إلَّا ظِلُّهُ: الإمَامُ العَادِلُ، وشَابٌّ نَشَأَ في عِبَادَةِ رَبِّهِ، ورَجُلٌ قَلْبُهُ مُعَلَّقٌ في المَسَاجِدِ، ورَجُلَانِ تَحَابَّا في اللهِ، اجْتَمَعَا عليه وتَفَرَّقَا عليه، ورَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وجَمَالٍ، فَقَالَ: إنِّي أخَافُ اللهَ، ورَجُلٌ تَصَدَّقَ، أخْفَى حتَّى لا تَعْلَمَ شِمَالُهُ ما تُنْفِقُ يَمِينُهُ، ورَجُلٌ ذَكَرَ اللهَ خَالِيًا فَفَاضَتْ عَيْنَاهُ))؛ أخرجه البخاري واللفظ له، ومسلم.

މާނައީ: މާނައީ: ” ޢަރްޝީގެ ހިޔާވަހިކަން ފިޔަވައި، އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހު) މާތްﷲ، ޢަރްޝީގެ ހިޔާވަހިކަން ދެއްވާ، ހަތް ބައެއް ވެއެވެ؛ އަދުލުވެރި ވެރިޔާ، އަދި މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާ، އަދި އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާ، އަދި މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުން، މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިނގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާ، އަދި ޞަދަޤާތްކުރާއިރު އޭނަގެ ކާނަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާ، އަދި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަވުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ”.

سبعة يظلهم الله في ظله (خطبة) (alukah.net) 

·       ނުބައި ކަންކަމުން ދުރުހެލިވުން: 

ނުބައި ޢަމަލުތަކުންނާއި ފާފަތަކުން ދުރުހެލިވުމަށް ކުރެވިދާނެ އެންމެ މުހިއްމު އެއް ކަމަކީ ބެލުންތައް ތިރިކުރުމެވެ. 

އެގޮތުން ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގެ ނޫރު ސޫރަތުގެ 30 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ ﴿٣٠﴾‏

މާނައީ: "مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، طاهر ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

·       ދުޢާ ކުރުން: 

ދުޢާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ދުޢާކޮށް، ޢިޖާބްކުރައްވަވާނެ ކަމުގެ ޔަޤީންކަމާއިއެކު ކެތްތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ގިނަގިނައިން ﷲ ތަޢާލާއަށް ދަންނަވާ އަދި ދުޢާ ކުރާ އަޅުން ދެކެ ﷲ ތަޢާލާ ލޯބިވޮޑިގަންނަވައެވެ. 

ﷲ ތަަޢާލާ ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ﴿١٨٦﴾‏

މާނައީ: "އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ." 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރައްވާފައިވެއެވެ. 

ادْعُوا اللهَ وأنتمْ مُوقِنُونَ بالإجابةِ ، واعلمُوا أنَّ اللهَ لا يَستجيبُ دُعاءً من قلْبٍ غافِلٍ لَاهٍ

މާނައީ: ތިޔަބައިމީހުން ދުޢާކުރާނަމަ، އިޖާބަ ކުރައްވާނެ ކަމުގެ ޔަގީން ކަމާއި އެކުގައި ދުޢާ ކުރާާށެވެ. އަދި ދަންނާށެވެ. ހިތް ޣާފިލުވެފައިވާ، ފަރުވާލެއްނެތި ކުރާ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެއެވެ".

الدرر السنية (dorar.net)

މިއަދު އޮންލައިން