އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ފާފަތަކުން ފޯވެގެންވާ މީހެކެވެ. ގިނަ ފާފަތަކެއް ކުރެވިފައިވާ މީހެކެވެ. އަދި ކޮންމެ މުސްލިމަކުވެސް އެދޭނީ އެންމެ ފަސޭހައިން އެމީހެއްގެ ފާފަތައް ފުހެވިގެން ދިއުމަށެވެ. ވީމާ މިބަސްފުޅަށް ޢަމަލުކޮށްލަމާހެއްޔެވެ؟
"ފާފަތައް ގިނަވެ، އެފާފަތައް ފަސޭހައިން ފޮހެވުމަށް އެދޭ މީހާ ނަމާދަށްފަހު މިސްކިތުގައި ނުވަތަ ނަމާދުކުރި މުސައްލަމަތީގައި ހޭދަކުރާ ވަގުތު އިތުރުކުރާހުށި ކަމެވެ. އެއީ އެގޮތަށް އިންނަ މީހަކު މިސްކިތުން ނުވަތަ މުސަލަމަތިން ފައިބައްޖައުމަށް ދާންދެން މަލާއިކަތް ބޭކަލުން އެމީހެއްގެ ފާފަ ފުއްސެވުމަށް އެދި ކުރައްވަވާ ދުޢާއިން ވީހައި ބޮޑު ނަޞީބެއް ލިބިގަތުމަށްޓަކައެވެ."
- އިމާމް އިބްން ބައްޠާލް ރަޙިމަހުﷲ
شرح صحيح البخاري