ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ ދިރިއުޅުމަށް ދެވޭ އެންމެ ބޮޑު އަނިޔާކަމަށް ކާފިރުންވެސް ޤަބޫލުކުރަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ ދިރިއުޅުމަށް ދެވޭ އެންމެ ބޮޑު އަނިޔާކަމަށް ކާފިރުންވެސް ޤަބޫލުކުރަން ފަށައިފި!

އަންހެނުން އިސްނަގައިގެން އަމިއްލައަށް ކުރި ދިރާސާއެއްގެ ރިޕޯޓް ދެއްކި ގޮތުން ކައިވެންޏަށްފަހު ދާދި އަވަހަށް ރޫޅިގެންދާ ކައިވެނިތަކުގެ ތެރެއިން 70 އިންސައްތައަކީ ކައިވެނީގެ ކުރިން 1 އާއި 5 މީހުންނާއި ގުޅުން ހިންގާފައިވާ މީހުންގެ ކައިވެނިތަކެވެ. 1 އާއި 10 މީހުންނާއި ދެމެދުގެ ޢަދަދަކަށް ގުޅުން ހިންގާފައިވާނަމަ ނިޞްބަތް 95 އިންސައްތައަށް މަތިވެގެންދެއެވެ. 

މިދިރާސާކުރި މީހުން ބުނެފައިވަނީ އެކަން ދިމާވާ ސަބަބަކީ ކައިވެނިކޮށްގެން އެކުގައި ދިރިއުޅެން ފެށުމުން، ޚާއްޞަކޮށް އެއްދާންކުރާއިރު ފިރިމީހާ ނުވަތަ އަނބިމީހާ އާއި އޭނާ ކުރިން ގުޅުން ހިންގުނު މީހުންނާއި އަޅުވައި ވަޒަންކުރެވޭތީއެވެ. ބައިވެރިޔާއާއި އަޅުވައި ބެލޭތީއެވެ. 

މިއީ ވަރަށް ހިތާމަކުރި ކަމެކެވެ. ފުރަތަމަ ކަމަކަށް އެނގިގެން މިދަނީ ބިރެއްނެތި ފާޙިޝް ޢަމަލުތައް ކުރުން އިތުރުވެފައިވާ މިންވަރެވެ. ދެވަނަ ކަމަކަށް އެނގިގެން މިދަނީ ފާޙިޝް ޢަމަލުތައް ކުރުމުން އެމީހުންގެ ދިރއުޅުމަށް ކުރާ ނުބައި އަސަރެވެ. 

މިބަޔާންކުރި ދިރާސާކޮށްފައިވަނީ މުސްލިމުންނެއްވެސް ނޫނެވެ. ހުރިހާ ކަމެއް ހުއްދަކަމަށް ޤަބޫލުކުރާ ކާފިރުންނެވެ. އެމީހުންގެ ރިޕޯޓުން އަންގައިދެނީ އެމީހުން ޤަބޫލުކުރާ ގޮތް ކަމުނުދާކަމެވެ. ހުރިހާ ކަމެއް ހުއްދަކުރުމުން އެމީހަކަށް ލިބެނީ ބޮޑެތި ގެއްލުންތައް ކަމެވެ. ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ ދިރިއުޅުމަށް ދެވޭ އެންމެ ބޮޑު އަނިޔާކަމެވެ. 

އަހުރެމެންނަކީ މުސްލިމުންނެވެ. މުސްލިމުން އުޅެން އޮތް ގޮތް ﷲ ތަޢާލާ ވަނީ ވަރަށް ރަނގަޅަށް އަނަގަވައިދެއްވަވައިފައެވެ. ޤުރްޢާނުން އެކަންކަން އެނގެން އެބައޮތެވެ. އެކަން އެނގިތިބެވެސް މިނިވަންކަމުގެ ނަމުގައި ދެކެވޭ ވާހަކަތައް ޤަބޫލުކުރެވެނީއެވެ. ދީނުގައި ޙަރާމްވެގެންވާ ކަންކަން ކުރެވެނީއެވެ.

ކައިވެނީގެ ބޭރުން ގުޅުން ހިންގަން ދީނުގައި ޙަރާމްކުރައްވަވާފައިއެވަނީ މީސްތަކުންގެ ފައިދާޢަކަށެވެ. އިންސާނާއަށް އެންމެ ފައިދާހުރި ގޮތަކީ ޒަވާޖީ ޙަޔާތެއްގައި ދިރިއުޅުން ކަމަށްވާތީއެވެ. އަދި ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ މީހާގެ މުޅި ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަކަށްވާތީއެވެ.  

އެންމެ ބޮޑު ހިތާމައަކީ ކާފިރުން ފަދައިން މުސްލިމުންވެސް މިއަދު ބިރެއް ނެތި ފާޙިޝް ޢަމަލުތައް ކުރަމުން ގެންދާ ކަމެވެ. ބިރެއް ނެތި އެތައް ބައަކާއި ގުޅުން ހިންގާ ކަމެވެ. ވީމާ އެފަދަ ކަމެއް ކުރެވޭނަމަ ތައުބާވެ އަވަހަށް ޙައްޤުގެ މަގަށް ރުޖޫޢަވުމަށް އިލްތިމާސްކުރަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން