ނަމާދުވަޤުތުގެ ކުރިން މިސްކިތަށްދާން ހަނދާންކޮށްދޭ މީހާއާ ގުޅުން ބަދަހިކޮށް ހަދިޔާދޭށެވެ! ! އޭނާ އެމަސައްކަތް ކުރަނީ ތިބާއަސްވެސް ސުވަރުގެ ހޯދައިދީ ސުވަރުގެއިން ބައްދަލުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ނަމާދުވަޤުތުގެ ކުރިން މިސްކިތަށްދާން ހަނދާންކޮށްދޭ މީހާއާ ގުޅުން ބަދަހިކޮށް ހަދިޔާދޭށެވެ! ! އޭނާ އެމަސައްކަތް ކުރަނީ ތިބާއަސްވެސް ސުވަރުގެ ހޯދައިދީ ސުވަރުގެއިން ބައްދަލުކުރާށެވެ!

އަހަރެމެން މިކުރާ މަސައްކަތަކީ ދީނަށް އިތުރު ކަންތައްތަކެއް ވެއްދުމެއް ނޫނެވެ. ދީނުގައި ހުރި ކަންކަން ހަނދާންކޮށް ދިނުމެވެ. އެއީ އަހަރެމެން އެންމެންވެސް ކުރަން ޖެހޭ ކަމެކެވެ. ހަމައެކަނި ދީނީ ޢިލްމުވެރިންގެ މަސްއޫލިއްޔަތެއްވެސް ނޫނެވެ. ކޮންމެ މުސްލިމަކުވެސް އޭނާގެ އަޚާޢަށް ރަނގަޅު ކަންކަން ކުރަން ހަނދާންކޮށްދޭންވާނެއެވެ. ރަނގަޅު ގޮތް ބުނެދޭންވާނެ އެވެ. 

އެގޮތުން ތިމާއަށް ނުރަނގަޅުކޮށް ކަމެއް ކުރެވޭނަމަ ކިތަންމެ ގިނައިން ހަނދާންކޮށްދިން ނަމަވެސް ޝަކުވާ ކޮށްގެން ނުވާނެއެވެ. ކޮންމެ ދުވަހަކު ގަޑި ނުޖެހި ސްކޫލަށް ދިއުމަށްވެސް މައިން ބަފައިން ހަނދާންކޮށްދޭ ނޫން ހެއްޔެވެ؟ އެކަމާއި ރުޅިއެއް ނުއަންނަމެއް ނޫންހެއްޔެވެ؟ 

ނަމަވެސް ބަންގިގޮވުމުން ނަމާދަށްދާން ހަނދާންކޮށްދިނުމުން ބައެއް މީހުން އެބަ ރުޅިއާދެއެވެ. ފަރުޟް ނަމާދުކުރަން ހަނދާންކޮށްދިނުމުން ޚާއްޞަކޮށް ބަންގިގޮވުމުގެ ކުރިން މިސްކިތަށް އަރަން ހަނދާންކޮށްދިނުމުން ރުޅިއަންނަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ އެކަން އެހަނދާންކޮށްދެނީ  ތިބާދެކެ ލޯބިވާތީއެވެ. ސުވަރުގެއިން ބައްދަލުވުމަށް އެދޭތީއެވެ! 

ހެޔޮ އަމަލުކުރުމަށާއި ތަޤްވާވެރިވުމަށް ގިނަގިނައިން ހަނދާންކޮށްދޭން ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. ވީމާ ކިތަންމެ ގިނައިން ހަނދާންކޮށްދިން ނަމަވެސް ޝަކުވާކޮށްގެން ނުވާނެއެވެ. ހަނދާންކޮށް އެދެނީ ތިބާއަށް ރަނގަޅަކަށެވެ. ހަނދާންކޮށް ދިނުމުން އެއިގެ މާނައަކީ ތިބާ ނުބައި މަގުގައި ހުރުމެއް ނޫނެވެ. އެއީ ރަނގަޅު މަގުން ކިރިޔާވެސް ކަސިޔާރުވެދާނެ ކަމުގެ ބިރަށް ކުރާ ކަމެކެވެ. އެފަދަ މީހުންނާއި ގުޅުން ބަދަހިކޮށް ލިބުނު ވަރަކުން ހަދިޔާވެސް ދިނުމެވެ. އެފަދަ މީހަކާއި ވަކިވެގެން ނުވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން