ގޯއްޗެއްވެސް ފްލެޓެއްވެސް ނުލިބުނީހެއްޔެވެ؟ ނިކަން މިދުޢާކުރަން ފަށައިބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ގޯއްޗެއްވެސް ފްލެޓެއްވެސް ނުލިބުނީހެއްޔެވެ؟ ނިކަން މިދުޢާކުރަން ފަށައިބަލާށެވެ!

ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ހުޅުވައިލާ ކޮންމެ ފުރުޞަތެއްގައި އަޅުގަނޑު ފޯމުލަމެވެ. އެކަމަކުވެސް ލިބޭނެ ގޮތެއް ނުވެއެވެ. މިފަހަރު ގޯއްޗަކަށް އެދިގެންވެސް ފޯމްލީމެވެ. އަޅުގަނޑަށް ބޯހިޔާވަހިކަން ދެއްވެވުން އެދިގެން ކުރާނެ ދުޢާއެއް އެނގިލއްވާތޯ؟ 

ކިޔުންތެރިޔާއަށް ކިޔުންތެރިޔާ އެދިލައްވާ ބޭނުން ހިންމަވައިދެއްވެވުން އެދި ދުޢާކުރަމެވެ. ތިރީގައިވާ ލިޔުމުގައި އެވަނީ ތިއަ ބޭނުމާއި އަދި ގުޅުންހުރި އެހެން ބޭނުންތައްވެސް ފުއްދަވައި ދެއްވެވުން އެދިގެން ކުރެވިދާނެ ދުޢާއެކެވެ. 

މިބަޔާންކުރަނީ ސުންނަތުން ސާބިތުވާން އޮތް ވަރަށް މުހިންމު ދުޢާއެކެވެ. ކުރުދުޢާއެއް ނަމަވެސް އުފާވެރި ދިރިއުޅުމަކަށް ބޭނުންވާނެ ހުރިހާ ކަންކަން މިދުޢާގައި ހިމެނިގެންވެއެވެ. 

މިދުޢާގައި އެކުލެވިގެންވާ މާނައީ، "މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! މިއަޅާއަށް ގެދޮރުގެ ތަނަވަސްކަން ދެއްވަވާނދޭވެ! މިއަޅާއަށް ދެއްވަވާ ރިޒުޤްގައި ބަރަކާތް ލައްވަވާނދޭވެ!" 

މިދުޢާގައި "މިއަޅާއަށް ގެދޮރުގެ ތަނަވަސްކަން ދެއްވަވާނދޭވެ!" އޮތް ބަސްފުޅުގެ މާނައަކީ ހަމައެކަނި ދިރިއުޅޭނެ ގެއެއް    ނޫނެވެ. ތިމާއަށް ހުރިހާ ގޮތަކުން ހިތްހަމަޖެހުން ލިބިގެންދާނެގެއެކެވެ. ގެއިން އުފާވެރިކަން ލިބޭނެ ގެއެކެވެ. ގެއިން ހިތްހަމަޖެހުން ލިބޭނެ ގެއެކެވެ. 

މާނައަކީ ގޭގައި ދިރިއުޅޭ މީހުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ދެއްވެވުމެވެ. ގެއިން ޙާޞިލުނުކުރެވޭނެ އުފާވެރިކަމެއް ނެތުމެވެ. 

ދެން "މިއަޅާއަށް ދެއްވަވާ ރިޒުޤްގައި ބަރަކާތް ލައްވަވާނދޭވެ!" މިބަސްފުޅުގެ މާނައަކީ ކޮންމެހެން ގިނަ ފައިސާތަކެއް ދެއްވެވުމެއް ނޫނެވެ. ދެއްވަވާ މަދު ފައިސާކޮޅުގައި ބަރަކާތް ލައްވަވައިދެއްވެވުމެވެ. 

ހަމައެއާއިއެކު ފުރަތަމަ އެދި މިދަންނަވަނީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށެވެ. ވީމާ ފާފަ ފުއްފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމަށްފަހު ދެންހުރި ކަންކަމަކީ ކޮންމެ މީހަކަށްވެސް ކޮންމެ ގެއަކަށްވެސް ކޮންމެ ޢާއިލާއަކަށްވެސް އެންމެ ބޭނުންތެރި ކަންކަމެވެ. 

މިފަދަ ދުޢާތައް މިހައި ފުރިހަމަ ޢިބާރާތުން ޙަދީޘްފުޅު ކުރައްވަވާފައި މިވަނީ ހަމަ އަހަރެމެންގެ ފައިދާއަށެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅުންނެވެ. ވީމާ މިފަދަ ދުޢާތައް ކޮންމެ ދުވަހަކުވެސް ކުރަމުް ގެންދާށެވެ! ގިނަގިނައިންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން