ދީނުގަ އޮތް ގޮތް ދޫކޮށްލައި ތިމާމެން ބޭނުންވާގޮތަށް ޤާނޫނު ހަދާ މީހުންނަށް މުފްތީ މެންކުގެ އިންޒާރެއް! "ސުވަރުގެއިން ދައްކާނީ ރަތްކާޑު!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދީނުގަ އޮތް ގޮތް ދޫކޮށްލައި ތިމާމެން ބޭނުންވާގޮތަށް ޤާނޫނު ހަދާ މީހުންނަށް މުފްތީ މެންކުގެ އިންޒާރެއް! "ސުވަރުގެއިން ދައްކާނީ ރަތްކާޑު!"

އިސްލާމީ ޝަރީޢަތަށް ބަލައިފިނަމަ ކިބުރުވެރިކަމުގެ މާނައިގައި ދެ ދަރަޖައެއް ވެއެވެ. ފުރަތަމަ ދަރަޖައަކީ ޙަޤީޤަތް ޤަބޫލު ނުކުރުމާއި އިންޞާފް ޤަބޫލު ނުކުރުމެވެ. ޖުމުލަ ގޮތެއްގައި ބަލާނަމަ ބޮޑާކަމުގެ މާނައަކީ ރަނގަޅު ހުރިހާ ކަމެއް ބަލައި ނުގަތުމެވެ. 

ކިބުރުވެރިކަމުގެ ދެވަނަ ދަރަޖައަކީ އެހެން މީހުންނަކީ އެއްވެސް އަގެއް ނެތް ބައެއް ކަމުގައި ޤަބޫލުކުރުމެވެ. 

ﷲ ތާޢާލާ ވަޙީ ކުރައްވަވާފައިވަނީ އިސްލާމްދީނުގައި ބަޔާންވެ އެނގެން އޮތް އެއްވެސް ކަމަކާއިމެދު ޛައްރެއްގެ މިންވަރު ނަމަވެސް ޝައްކު ކުރާ މީހަކަށް ސުވަރުގެއިން އެއްވެސް ޖާގައެއް ނެތް ކަމަށެވެ. 

އެނގިގެން މިދަނީ ﷲ ތަޢާލާގެ ޙުކުމްފުޅުތައް ބަހައްޓާފައި އަމިއްލައަށް ޙުކުމްތައް ނެރެ ޤާނޫނުތައް ހަދައިގެން އުޅޭ މީހުންނަށް ޤިޔާމަތް ދުވަހު ސުވަރުގެއާއި ވައިވެސް ނޭޅެވޭނެ ކަމެވެ. ސުވަރުގެ ވައްދަވާނީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވެވިގެންނެވެ! 

ވިސްނާށެވެ. ޙަޤީޤަތަކީ އިސްލާމް ދީނުގައި ކަންކަން ބަޔާންވެގެންވާ ގޮތެވެ. އެކަން އެންމެންނަށްވެސް އެނގެއެވެ. އަދި އިސްލާމް ދީނުގައި ބަޔާންވެގްންވާ ކަންކަން ވެސް އެންމެންނަށް އެނގެއެވެ. އިސްލާމް ދީނުގެ އެއްވެސް ކަމަކީ ހޯދައި ބަލަން ބޭނުންވާ އެއްވެސް މީޙަކަށް ފޮރުވިގެންވާ ކަންކަމެއް ނޫނެވެ. އެންމެންނަށް އެނގެން އޮންނާނީ ވެސް އެއް ގޮތަކަށެވެ. އެއީ ކީރިތި ޤްރުއާނުގަ އާއި ރަސޫލް ()ގެ ސުންނަތުގައި އޮތް ގޮތެވެ. ދޮގުކުރާ މީހުން ދޮގުކުރަނީ ވެސް އަދި ބަލައި ނުގަންނަ މީހުން ބަލައި ނުގަންނަނީވެސް މިކަންކަން ރަނގަޅަށް އެނގިތިބެއެވެ. 

ރަނގަޅަށް ވިސްނާށެވެ. އެންމެ ފުރަތަމަ ކުށެއް ކުރީ ކާކު ހެއްޔެވެ؟ ކުރީ ކޮން ކުށެއް ހެއްޔެވެ؟ ޖަވާބަކީ އެންމެ ފުރަތަމަ ކުށެއް ކުރީ އިބިލީހެވެ. އޭނާ ކުރި ކުށަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމެވެ. އެ ކުށް ކުރީ ކީވެގެން ހެއްޔެވެ؟ އޭނާގެ ހިތުގައިވާ ކިބުރުވެރިކަމުންނެވެ. އެހެން މީހުންނަކީ މާދަށުދަރަޖައިގެ މީހުން ކަމަށް ޤަބޫލުކުރެވިގެންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން