އަނިބިންނާ އެކަނިކޮށްފަ ރޭގަނޑުގެ ވަޤުތުތައް ބޭކާރުކުރަން ހެޔޮނުވާނެ! ރޭއަޅުކަން ކުރަން އޮތީވެސް އަނބިންގެ ޙައްޤުތައް އަދާކުރުމަށްފަހުގަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަނިބިންނާ އެކަނިކޮށްފަ ރޭގަނޑުގެ ވަޤުތުތައް ބޭކާރުކުރަން ހެޔޮނުވާނެ! ރޭއަޅުކަން ކުރަން އޮތީވެސް އަނބިންގެ ޙައްޤުތައް އަދާކުރުމަށްފަހުގަ!: މުފްތީ މެންކް

ނަމާދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންވެ ނަމާދުކުރިނަމަވެސް ދެންހުރި ކަންކަމަށްވެސް ވިސްނަންވާނެއެވެ! ތިމާއަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާ މީހަކަށްވެސް ވާންޖެހޭނެއެވެ. ތަޤްވާވެރިކަން އިތުރުކުރަން ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާނީވެސް ކިޔަމްނަތެރިކަން އިތުރުކުރަން މަސައްކަތްކުރުމުންނެވެ.

އަބޫ ދަރުދާއަކީ މަތިވެރި ޞަހާބީ ބޭކަލެކެވެ. ރޭއަޅުކަންކުރައްވަވައެވެ. ނަމަވެސް އަނބިކަނބަލުންގެ ޙައްޤު އަދާ ނުކުރައްވަވާތީ އަނބިކަނބަލުން އެކަމުގެ ޝަކުވާ ކުރެއްވެވުމުން ސަލްމާނުލްފާރިސީ އަބުއްދަރުދާ އާއިމެދު ޢަމަލުކުރެއްވެވިގޮތަށް ބަލާށެވެ!

އަނބިކަނބަލުން ގާތު ރޭ ނުކުރައްވަވައި ރޭ އަޅުކަން ކުރައްވަވަން އުޅުއްވެވުމުން އެކަން މަނާކުރެއްވެވިއެވެ. އަދި އަނބިކަނބަލުންގެ ގާތަށް ވަޑައިގެން އަވަހާރަފުޅު ލެއްޕެވުމަށްފަހު ރޭގަނޑުގެ ފަހުބައިގައި ރޭއަޅުކަންކުރައްވަން ވިދާޅުވިއެވެ. އަދި މިއީ މިކަންކުރަން އޮތްގޮތްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

އެއީ ފިރިންގެ ކިބައިގައި އަނބިންނަށް އަދާކުރަންޖެހޭ ޙައްޤުތަކެއްވާތީއެވެ. މިދެއްކީ ނަމާދުކުރުމުގެ ވާހަކައެވެ. ނަމަވެސް އޮޅުވައިނުލާށެވެ! މިދެއްކީ ފަރުޟު ނަމާދުކުރުމުގެ ވާހަކައެއް ނޫނެވެ. ފަތިސް ނަމާދަށް ގޮވުމުން އަނބިން ގާތު ނިދަން އޮންނަ ވާހަކައެއް ނޫނެވެ. މިދެއްކީ ސުންނަތް ނަމާދުގެ ވާހަކައެވެ.

ކަން އޮތީ މިހެންކަމަށްވާއިރު އަނބިންގެ ޙައްޤުތައް އަދާކޮށްނުދީ ރޭގަނޑު ބޭރުގައި ވަގުތުތައް ހޭދަކުރަން ބިރެއް ނުގަނޭ ހެއްޔެވެ؟ ކެތްތެރިވެ ވިސްނައިލާށެވެ! ދެމަފިރިންނަކީވެސް އެމީހަކު އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކުރެވިއްޖެނަމަ ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން