ގާސިމްގެ މެނިފެސްޓޯގައި އަދުލު އިންސާފު ކަށަވަރުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދީފި!

ކިޔުމަށް ހޭދަވާނީ 1މ 2ސ
ގާސިމްގެ މެނިފެސްޓޯގައި އަދުލު އިންސާފު ކަށަވަރުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދީފި!

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގައުމީ ކެންޑިޑޭޓްގެ ގޮތުގައި ފާހަގަކުރާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމްގެ މެނިފެސްޓޯގައި އަދުލު އިންސާފު ކަށަވަރުކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި އެހެން ސަރުކާރުތަކާ ހިލާފަށް ފަޑިޔާރުގެއަށް އަތް ނުބޭނޭނެގޮތަށް އުސޫލުތައް ތަންފީޒުކުރާނެކަމަށް ޕާޓީން މައުލޫމާތުދެއެވެ.

ގާސިމްގެ މެނިފެސްޓޯގައި އަދުލު އިންސާފު ކަށަވަރުކުރުން މައިގަނޑު ސުރުހީގެ ދަށުން ވަނީ 6 ވައުދެއް އެކަށައަޅާފައެވެ.

ގާސިމްގެ މެނިފެސްޓޯގައި އަދުލު އިންސާފު ކަށަވަރުކުރުން މައިގަނޑު ސުރުހީގެ ދަށުން އަދުލު އިންސާފު ގާއިމްކުރާ ބާރުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ އަވަހަށް އިންސާފު ގާއިމްކުރުމަށް ބާރުއެޅުމާއި، މިފަދަ ވަސީލަތްތަކާއިއެކު ޖުޑީޝަލް ކޯޓް ކޮމްޕްލެކްސްއެއް ގާއިމްކުރުމާއި، ކޯޓުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިންފޮމޭޝަން ސިސްޓަމެއް ގާއިމްކުރުމާއި، ގާޒީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ކުށްވެރިން އިސްލާހުކުރުމަށް 3 މަރުކަޒު ބިނާކުރުމުގެ އިތުރުން ގައިދީންނަށް އާއްމުދަނީ ލިބޭނެ މަގު ފަހިކޮށް ޖަލުން ނުކުންނައިރު މުޖުތަމައަށް ބޭނުންތެރި ގާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުން ހިމެނެއެވެ.

 

 

މިއަދު އޮންލައިން