ދުޢާ ޢިޖާބަކުރައްވަވާ 5 ވަޤުތު-: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ދުޢާ ޢިޖާބަކުރައްވަވާ 5 ވަޤުތު-: ޑރ. ޔާސިރު ޤާޟީ

ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން ފާހަގަކޮށް މިލަނީ 5 ވަގުތެކެވެ. 

ފުރަތަމަ ވަގުތަކީ ހުކުރު ދުވަހުގެ 1 ގަޑިއިރެވެ. އެ ވަޤުތާއިމެދު ގިނަ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވަނީ އެވަގުތުކޮޅު ވަނީ ޢަޞްރުނަމާދާއި މަޣްރިބް ނަމާދާއި ދެމެދުގައިކަމަށެވެ. 

ދެވަނަ ވަގުތުކޮޅަކީ އިމާމް މީހާ ބަންގިދިނުމާއި ޤަމާތް ދިނުމާއި ދެމެދުގައިވާ ވަގުތުކޮޅެވެ. 

3 ވަނަ ވަގުތުކޮޅަކަށް ފާހަގަކުރާނީ ނަމާދުގައި ސަޖިދައިގައި އޮންނަ ވަގުތުކޮޅެވެ. އަދި ސަލާމް ދިނުމުގެ ކުރިއެވެ. (އައްތަޙިއްޔާތުގައި) 

4 ވަނަ ވަގުތުކޮޅަކީ ރޯދަ ވީއްލާ ވަގުތެވެ. ރޯދަ ވީއްލަން ކައިރިވުމުން ލިބޭ ވަގުތުކޮޅެވެ. 

5 ވަނަ ވަގުތަކީ ލައިލަތުލްޤަދްރިވިލޭރެއެވެ. 

ލައިލަތުލްޤަދްރިވިލޭރޭ ދުޢާ ކުރެވިއްޖެނަމަ އެއީ މުޅި ޢުމުރުގައި ދުޢާކުރެވުން ފަދަ ކަމެކެވެ. އެރެއަކީ 1000 މައްސަރަށްވުރެ މަތިވެރިކަންބޮޑު ރެއަކަށްވުމުންނެވެ.  

ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުވުމުން މިވަގުތުތަކަށް ޚާއްޞަ ސަމާލުކަމެއ ދޭންވާނެއެވެ. މިސްކިތަށް ކުރިން ގޮސް ތިބެ ފުރުޞަތުގެ ބޭނުން ހިފަންވާނެއެވެ. އިހުސުންނަތްކޮށް ދުޢާކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.

ހަމައެއާއިއެކު ރޯދަވީއްލާ ވަގުތު ކައިރިވުމުން ބަލަންވީ މޭޒުމަތީގައި ހުރި ކާބޯތަކެއްޗަކަށް ނޫނެވެ. ދުޢާކުރުމަށެވެ. އަދި ކޮންމެ ގޮތަކުން ނަމަވެސް ލައިލަތުލްޤަދްރިވިލޭރޭ އަޅުކަމުގައި ހޭދަކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ދުޢާކުރުން ގިނަކުރަންވާނެއެވެ! 

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

 

މިއަދު އޮންލައިން