ހަސަދަވެރިން ބަލިކޮށް ނިކަމެތިކޮށްލަން މިމަގުން ޢަމަލުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ހަސަދަވެރިން ބަލިކޮށް ނިކަމެތިކޮށްލަން މިމަގުން ޢަމަލުކުރާށެވެ!: މުފްތީ މެންކް

ހަސަދަވެރިކަމަކީ ޝައިޠޯނާގެ ސަބަބުން ޖެހޭ އެންމެ ނުބައި އެއްބަޔެވެ. އެންމެ ގެއްލުން ބޮޑު ބަލިވެސްމެއެވެ. އެހެނީ މީސްތަކުންނަށް ޙަސަދަވެރިވާނަމަ އެމީހަކަށް ކުރެވޭ ހެޔޮ ޢަމަލުތައް އަނދައި ހުލިވަމުންދާނެތީއެވެ. 

ތިބާއަށް ހަސަދަވެރިވެ ނަފްރަތުކުރާ މީހަކަށް ތިބާގެ ރަނގަޅުކަން އޮޅުންފިލުވައިދޭން ކުރާ މަސައްކަތާއި ހޭދަކުރާ ހަކަތައިގެ އަގު ލިބުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ. 

ގިނަ ފަހަރަށް އެފަދަ މީހުންގެ ރުހުން ހޯދަން މަސައްކަތްކުރުން ވެފައި އޮންނަނީ ކުރެވޭ ބޭކާރު މަސައްކަތަކަށެވެ. އެކަމަށް ހޭދަކުރާ ހަކަތަ އޮންނަނީ ބޭކާރުވެފައެވެ. އެއީ ލޮލަސް ދެއްކި ނަމަވެސް ތިބާގެ ކިބައިގައި ހުންނަ ރަނގަޅުކަންކަން ބަލައިގަންނަން އެފަދަ މީހުން ބޭނުން ނުވާތީއެވެ! 

ވީމާ އެފަދަ މީހުންނާއި ވާހަކަ ދައްކައިގެން ކަންކަން ވިސްނައިދޭން މަސައްކަތްކުރުމަށްވުރެ ބުއްދިވެރީ މަޑުން ހުރުމެވެ. ތިބާގެ ޢަމަލުތަކުން ތިބާއަކީ ރަނގަޅު މީހެއްކަން ދައްކައިދެމުން ގެންދާށެވެ! މީސްތަކުން އެކަން ބަލައިގަތުމުން ބާކީވާނީ އެމީހާއެވެ! ހަސަވެރިވެ ނަފްރަތުކުރާ މީހާއެވެ! 

ތިބާ ހުރީ ޙައްޤު ގޮތުގައިނަމަ އެކަމާއި ތިބާ ހެޔޮ އަމަލުކުރާނަމަ އެކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ! ޙައްޤު ޖަޒާ ދެއްވަވާނެތެވެ! ވީއިރު ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން