ނަމާދަށް ސަމާލުކަން ދިނުމާ ނަމާދުގަ ޚުޝޫޢަތްތެރިވެވުމާ ނަމާދުކުރުމުން ހިތްހަމަޖެހުން ލިބުން- ގުޅިލާމެހިގެންދާ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ނަމާދަށް ސަމާލުކަން ދިނުމާ ނަމާދުގަ ޚުޝޫޢަތްތެރިވެވުމާ ނަމާދުކުރުމުން ހިތްހަމަޖެހުން ލިބުން- ގުޅިލާމެހިގެންދާ ގޮތް-

ގިނަ ބައަކު ކަންކަން ކުރަން ބޭނުންވުމުން، ނުވަތަ ބޭނުންވާ ކަންކަންކުރަން ބޭނުންވަނީ ރަނގަޅު މިޒާޖުގައި ނުވަތަ ހިތްހަމަޖެހިގެން ހުރިނަމައެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. ޚާއްޞަކޮށް އަޅުކަންކުރުމުގައެވެ. 

ޢަޖުމަ ބަލައިލަން ނަމަވެސް ކޮންމެ ޙާލަތެއްގައި ހުރެގެން ނަމަވެސް އެމީހަކު ކުރަން ބޭނުންވާ ކަންކަން ނިކަން ކޮށްބަލާށެވެ! އެއިރުން ސިކުނޑިއަށް ލިބޭ އަންނާނެއެވެ. 

ދީނުގައި ކުރަންހުރި އަޅުކަންކުރުމުގައި މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. އެއްވެސް އަޅުކަމަކީ އެމީހާގެ ހިތްހަމަޖެހުމާއި ގުޅުވައިގެން ކުރަން އޮތް ކަމެއް ނޫނެވެ. އެއިގެ ބަދަލުގައި ކޮންމެ މީހަކުވެސް ވާންޖެހޭނީ ކޮންމެ ޙާލަތެއްގައި ހުރިނަމަވެސް ކުރަން ޖެހޭ އަޅުކަންކުރާ މީހަކަށެވެ. އަޅުކަން ކުރުމުން އެމީހާއަށް ދެން ލިބިގެންދާ ހިތްހަމަޖެހުންވެސް މާބޮޑަށް ބޮޑުވެގެންދާނެއެވެ. 

ގިނަ ބައަކަށް ފަރުޟު ނަމާދުތަކަށް ރައްކައުތެރިނުވެވޭ އެންމެ ބޮޑު ސަބަބަކީވެސް އެވަޤުތު ހުންނަ މިޒާޖާއި ގުޅުވާތީއެވެ. ނަމާދު ވަޤުތުޖެހުމުން އެންމެ ބޮޑަށް ކުރަން ބޭނުންވާ، ނުވަތަ ކުރާހިތްވާ ކަމަކީ ނަމާދުކުރުން ކަމަށް ވުމަށްދާންދެން އޭނާއަކީ ނަމާދުކުރާހިތްވާ މީހަކަށް ނުވާނެއެވެ. ނަމާދުކުރާ ހިތުން ނަމާދުކުރާ މީހަކަށް ނުވާނެއެވެ. 

ނަމާދުކުރާ ހިތުން ނަމާދު ނުކުރެވޭނަމަ އެމީހަކަށް ނަމާދުގައި ޚުޝޫޢަތްތެރިއެއް ނުވެވޭނެއެވެ. ނަމާދަށް ދޭންޖެހޭ ސަމާލުކަމެއްވެސް ނުދެވޭނެއެވެ. ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދެވި ޚުޝޫޢަތްތެރިއެއް ނުވެވޭނެއެވެ. މިއީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެކަންތައް ކަމުގައިވާތީއެވެ! 

ފުރިހަަމ މުސްލިމަކު ނަމަ ނަމާދު ވަޤުތު ޖެހުމުން ނަމާދުނުކުރެވޭހައި ހިނދަކު އެމީހަކު ހުންނާނީ ހިތްހަމަނުޖެހުމެއްގެ ތެރޭގައެވެ. ހިތްހަމަޖެހުން ލިބޭނީ ނަމާދުކުރެވުމުންނެވެ. ޤަވާއިދުން ނަމާދުކުރާ މީހަކުނަމަ ޖަމާޢަތުގައި ނަމާދު ނުކުރެވުނަސް ހުންނާނީ ކަންބޮޑުވުމެއްގައެވެ. 

ވީމާ ހިތަހަމަޖެހުން ލިބުމަށްވެސް ވަޤުތުޖެހުމުން ފުރަތަމަ ކުރާކަމަކީ ނަމާދުކުރުން ކަމުގައި ހަދާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން