އެއްވެސް މީހެއްގެ ކިބައިގަ މި 2 ސިފަ ހުރެއްޖެ ނަމަ ގާތީ ކަނައަތަށް ފަތް ނުލިބުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އެއްވެސް މީހެއްގެ ކިބައިގަ މި 2 ސިފަ ހުރެއްޖެ ނަމަ ގާތީ ކަނައަތަށް ފަތް ނުލިބުން!: މުފްތީ މެންކް

ފުރަތަމަ ބުނެލާނަމެވެ. ޤިޔާމަތްދުވަހު ކޮންމެ މީހެއްގެ އަތަށްވެސް އެމީހާ ދުނިޔޭގައި ހުރެ ކުޅަ ޢަމަލުތަކުގެ ފަތް ދެއްވަވާނެތެވެ. އެފަތުގައި ނުހިފައި ސަލާމަތެއް ނުވެވޭނެއެވެ. އެފަތް އެޟިހާތެ އަތުގައި ހަރުލައްވަވާނެތެވެ.

ބައެއް މީހުންގެ ސިފަ ރީތިވުމުން، ފައިސާވެރިވުމުން، މުދައު ގިނަވުމުން، ބާރު ހުރި މަޤާމެއް ލިބުމުން ބޮޑާވެ ކިބުރުވެރިވެއެވެ. މީސްތަކުންގެ ކިބައިން މޫނު އަނބުރާލައެވެ. ހަރުކަށި ޢިބާރާތުން ބަސްތައް ބުނެއެވެ. އޭނާއަކީ މާމޮޅު މީހެއްކަމަށް ޤަބޫލުކުރެވިގެންނެވެ.

ފުރަތަމަކަމަކީ އެމީހުންނަށްވުރެ މާ ރީތި، މާތަނަވަސް، މާމަތީ މަޤާމުތަކުގައި ތިބޭ މީހުންގެތެރޭގައިވެސް މަޑުމަތިރިވެފައި ހިތްތިރި މީހުން ތިބޭކަމެވެ. އެމީހުން އެ ޢަމަލުކުރަނީ ބޮޑާވެ މީސްތަކުންގެ ކިބައިން މޫނު އަނބުރައިނުލުމަށް ﷲ ތަޢާލާ ކުރައްވަވާފައިވާ އަމުރުފުޅަށެވެ.

ދުނިޔޭގައި އަހަރެމެންނަށް ދެއްވަވާ އެއްވެސް ނިޢްމަތަކާއި ގުޅިގެން ބޮޑާވެ ފަޚުރުވެރިވުމެއް ނެތެވެ. އެއިން ކޮންމެ ކަމަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ. އުފާވެރިކަން ލިބި، ބޮޑާވެ ފަޚުރުވެރިވެވޭނީ އެންމެ ޙާލަތެއްގައެވެ. އެއީ އެމީހާ ދުނިޔޭގައި ހުރިއިރު ކުޅަ ޢަމަލުތަކުގެ ފަތް އެމީހާގެ ކަނާއަތަށް ލިބުމުންނެވެ. އެހިސާބުން ދެން އެމީހަކު ފަޚުރުވެރިވާންވީއެވެ. އެހިސާބުން އެމީހަކަށް ޔަޤީންވެގެން އެދިއައީ އޭނާއަކީ ސުވަރުގެ ލިބޭނެ އަޅެއްކަމެވެ. އެއިގެކުރިން ކޮންމެ މީހަކުވެސް މިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

ވިސްނައިލަންވީ ކަމަކީ ބޮޑާވެ ކިބުރުވެރިވެ ފަޚުރުވެރިވުމަކީ ޢަމަލުތަކުފަތް ތިމާގެ ކަނާއަތަށް ނުލިބިދާނެ ކަމެއްކަމެވެ. އެހެނީ އެސިފަތަކަށް ﷲ ތަޢާލާ ރުހިވޮޑިގެނެއް ނުވެއެވެ. އަދި އެ ސިފަތައް ހުންނަ މީހުން ސުވަރުގެ ނުވައްދަވާނެކަން އެނގެން އޮތުމުންނެވެ!

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން