ކެތްތެރިއަކަށްވުމަށް ބޭނުންވާ 3 ސިފަ-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކެތްތެރިއަކަށްވުމަށް ބޭނުންވާ 3 ސިފަ-: މުފްތީ މެންކް

ހުރިހާ ކާމިޔާބީއަކާއި މޮޅުކަމެއް އަދި އުފާވެރިކަމެއްވެސް ލިބުން ވަނީ ހަމަ ކެތްތެރިންނަށެވެ. ކެތްތެރިއަކަށްވުމަށް މި 3 ކަންތަކަށް ސަމާލުކަންދީ ކެތްތެރިކަން ލިބިގަންނާށެވެ! ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައިކަމަށް އޮތް ވަޙީބަސްފުޅު މިކަމުގެ ދަލީލަކަށް ފުދެއެވެ. އެމީހަކާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާ މީހަކަށްވުރެ ކާމިޔާބު، އަދި މަތިވެރި މީހަކުވެސް ނުހުންނާނެތީއެވެ! 

ކެތްތެރިކަމުގެ މާނައިގައި 3 ކަމެއް ހިމެނިގެންވެއެވެ. ކެތްތެރިއަކަށް ވެވޭނީ އެ 3 ސިފަވެސް އެމީހެއްގެ ކިބައިގައި ހުރެގެންނެވެ. 

ފުރަތަމަ ސިފައަކީ ކެތްތެރިކަމުގެ ޢާންމު މާނައިގައި ހިމެނޭ ކެތްތެރިކަމެވެ. އެއީ ދިރިއުޅުމުގައި ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަން ކުރިމަތިވީ ﷲ ތަޢާލާގެ ޙަޟްރަތުންކަން ޤަބޫލުކޮށް ކެތްތެރިވުމެވެ. ތަޤްދީރުގައި ލިޔުއްވިގެން ނުވާކަމެއް ކުރިމަތިނުވާނެކަން ޤަބޫލުކޮށް ކޮންމެ ކަމަކަށްވެސް ކޮންމެ ޙާލަތަކަށްވެސް ކެތްތެރިވުމެވެ. 

ދެވަނަ ސިފައަކީ ﷲ ތަޢާލާ އެކަމެއް ކުރަން އެންގެވި ކޮންމެ ކަމެއް ކުރުމެވެ. މިސާލަކަށް ފަތިސްނަމާދަށް ހޭލައި ނަމާދުކުރުމެވެ. ގަޑިސޯނާވީމާ ސޯނާގެ އަޑަށްވުރެ ގުގުރީގެ އަޑުގަދަކޮށްގެން ނިދަން އޮންނަ މީހާގެ ކެތްތެރިކަމެއް ނެތެވެ. ހަމަ އެފަދައިން ދީނުގައި ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރާނަމަ އެމީހާގެ ކެތްތެރިކަމެއް ނެތެވެ. 

ތިއަބައިމީހުން ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދުމަށާއި ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ ހަމަކަށަވަރުން އެއީ ވަރަށް ބޮޑުކަމެއް ކަމަށް އޮތް ވަޙީ ބަސްފުޅުން ވެސް މިދެއްކި ވާހަކައިގެ ތެދުކަން އެނގޭނެއެވެ. (އަލްބަޤަރާ: 45)  

ކެތްތެރިކަމުގެ 3 ވަނަ ސިފައަކީ ﷲ ތަޢާލާ ނަހީކުރެއްވެވި އެއްވެސް ކަމެއް ނުކޮށް ހުރުމުގެ ބާރުލިބިގެންވުމެވެ. ފާފަކުރެވޭނަމަ އެމީހާގެ ކިބައިގައި ކެތްތެރިކަމެއް ނެތެވެ. ފާފަކުރަން ޝައުޤުވެރިވުމަކީ އިންސާނުންގެ ކިބައިހުރި ސިފައެކެވެ. ވީމާ ފާފަ ނުކޮށް ހުރެވޭނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބިރުވެތިވެ ކެތްތެރިވެވޭ މީހަކަށެވެ. 

- މުފްތީ މެންކް

 

މިއަދު އޮންލައިން