މުފްތީ މެންކް އާއިމެދު ނުބައިބަސް ބުނުމުން ޢަމަލުކުރެއްވެވި ގޮތް- ސުވަރުގެ ވަދެވެން އޮތް ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މުފްތީ މެންކް އާއިމެދު ނުބައިބަސް ބުނުމުން ޢަމަލުކުރެއްވެވި ގޮތް- ސުވަރުގެ ވަދެވެން އޮތް ގޮތް!

އަހުރެންނާއިމެދު ނުބައި ބަސްތަކެއް ޢިލްމުވެރިއަކު ވިދާޅުވުމުން އެކަމާއިމެދު ހިތްހަމަނުޖެހިގެން މީހަކު އެވާހަކަ އަހުރެންގެ ގާތުގައި ބުންޏެވެ. އަދި އެ ޢިލްމުވެރިޔާއަކީ މިވެނި އެވެނި ކަހަލަ ޢިލްމްވެރިއަކު ކަމަށްވެސް ބުންޏެވެ. 

ޖަވާބުގައި އަހުރެން ބުނީމެވެ. އެބޭކަލަކު އަހުރެންނާއިމެދު ކޮންމެ ފަދަ ވާހަކައެއް ވިދާޅުވިޔަސް އަޅައިނުލާށެވެ! އެއީ މަޝްހޫރު ޢިލްމްވެރިއެކެވެ. އެބޭކަލަކު އަހުރެންނާއިމެދު ވިދާޅުވި ބަސްފުޅުތަކުން އަހުރެންގެ ހިތުގައި ޖެހުނު ވަރަށްވުރެ މާބޮޑަށް އެޢިލްމުވެރިޔާއާއިމެދު ތިބާ ތިއަބުނި ބަސްތަކުން އަހުރެންގެ ހިތަށް ދަތިކަންލިބިއްޖެއެވެ. 

އަހުރެން އެހެން ބުނީ ސަބަބުތަކެއް ހުރުމުންނެވެ. ފުރަތަމަ ސަބަބަކީ އަހުރެން އުންމީދުކުރަމުން މިއަންނަނީ އަހުރެންނާއި ﷲ ތަޢާލާ އާއި ބައްދަލުވާނެ ދުވަހަށެވެ. ވީއިރު އެހެން މީހެއްގެ މައްޗަށް އަހުރެންގެ ހިތުގައި ކިތަންމެ ކުޑަނަމަވެސް ބުރަކަމެއް ބާއްވަންވީ ކީއްކުރަން ހެއްޔެވެ؟ 

ދެވަނަ ކަމަކީ ތިމާއަށް ނުބައިކޮށް ހިތާ މީހުންނަށް ހެޔޮކޮށް ހިތުމަކީ ރަސޫލްބޭކަލުން ޢަމަލުފުޅު ކުރެއްވެވި ގޮތެވެ! އަހުރެމެންނަށް އޮތީ އެބޭކަލުން ޢަމަލުފުޅު ކުރެއްވެވި މަގުން ޢަމަލުކުރުމަށެވެ. ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ އެގޮތަށް ޢަމަލުކުރުމަށެވެ. 

ތިބާއާއިމެދު މީހަކު ކިތަންމެ ނުބައިބަސްތަކެއް ބުނި ނަމަވެސް މިފަދައިން ޢަމަލުކުރާށެވެ! ނުބައިބަސްތައް އެބުނަނީ ޝައިޠޯނާގެ މަގުގައި ހުރެގެންނެވެ. އެއިރުން އެދެވެނީ ނަރަކައާއި ދިމާއަށެވެ. އަހުރެމެން މަސައްކަތްކުރަންވީ ސުވަރުގެއާއި ދިމާއަށް ދިއުމަށެވެ. އެކަން ޙާޞިލްކުރެވޭނީ ރަސޫލްބޭކަލުން ޢަމަލުފުޅު ކުރެއްވެވި ގޮތަށް ޢަމަލުކޮށްގެންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން