މީހަކަށް ހެޔޮކަމެއް ކޮށްދޭން ފަސްނުޖެހެންވީ އެންމެ ބޮޑު ސަބަބު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
މީހަކަށް ހެޔޮކަމެއް ކޮށްދޭން ފަސްނުޖެހެންވީ އެންމެ ބޮޑު ސަބަބު-: މުފްތީ މެންކް

މިއަދު ބައެއް މީހުންނަށް މިވަނީ ހެޔޮކޮށް ހިތަންވީ މީހުން ވަރަށް ބޮޑަށް އޮޅިފައެވެ. އަދި ގިނަ ބައަކަށް މިވަނީ ކޮންމެ މީހަކަށް ނަމަވެސް ހެޔޮކޮށް ހިތަންޖެހޭނެކަންވެސް އޮޅިފައެވެ. އެހެންކަމުން މިކަންކަމަށް ވިސްނައިލަމާ ހިނގާށެވެ! 

ހަނދާންކޮށްލައިދޭން ބޭނުންވަނީ ފެންބޮވައިގެންފައިވާ ކުއްތާއަކަށް ފެންފޮދެއް ދިނުމުން ވެސް ސުވަރުގެ ވެއްދެވިކަން އެއީ ޙަދީޘްފުޅުން ފެންނަން އޮތް ވަރަށް މުހިންމު ކަމެއްކަމެވެ. 

އެއީ ފާފަކުރާ މީހެކެވެ. އެއްވެސް ހެޔޮކަމެއްކުރާ މީހެއް ނޫނެވެ. ނަމަވެސް އޭނާއަށް ވިސްނުނީ އެއީ ކުއްތާއެއް ނަމަވެސް އެވެސް އުފެއްދެވީ ﷲ ތަޢާލާ ކަމާއި އެއަށް އެވަނީ ވަރަށް ބޮޑަށް ފެން ބޭނުންވެފައި ކަމަށެވެ. އެހެންވެ އޭނާ ފެންދިނީއެވެ. އަދި އޭނާގެ އެ ޢަމަލު 7 އުޑުމަތިން ބައްލަވައިވޮޑިގެންވާ ﷲ ތަޢާލާ އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވެއްދެވީއެވެ. ކުއްތާއަކީ މީސްތަކުން ބީހުން ޙަރާމް އެއްޗެއްކަމުގައިވާއިރުވެސް މެއެވެ. 

މިއަދު މުސްލިމުންގެ ގިނަ ބައަކަށްވެސް ހަނދާންނެތިގެން މިއުޅެނީ އެކަމެވެ. އަހަރެމެން ފަދަ އިންސާނުން ނުހަނު ނިކަމެތި ޙާލުގައި ދިރިއުޅެމުން އަންނައިރުވެސް އެހީތެރިވާންޖެހޭނެ ކަމެވެ. އެހީތެރިނުވާ ޙާލުގައި ޚިޔާލުތަފާތުވުން ފަދަ ކުދިކުދި ކަންކަމުގައި އެގެންދަނީ ފުނިފުންޏަށް މީޙުން މަރަމުންނެވެ. 

ފެންބޮވައިގެންފައިވާ ކުއްތާއަކަށް ފެންފޮދެއް ދިން މީހަކު ހަމައެކަނި އެކަމަށްޓަކައި ސުވަރުގެ ވެއްދެވިއިރު އަހަރެމެންފަދަ އިންސާނަކަށް އެހީތެރިވެދިން މީހަކަށް ދެއްވަވާނެ މަތިވެރި ދަރަޖައާއިމެދު ނިކަން ވިސްނައިލަބަލާށެވެ.   

ނަމަވެސް މިއަދު އަހަރެމެންނަށް މިވަނީ މިކަންކަން ވަރަށް ބޮޑަށް އޮޅިފައެވެ. މީހުންނަށް އެހީވަނީވެސް އެމީހެއްގެ ކިބައިން ލިބޭނެ ފައިދާއަށް ބަލައިގެންނެވެ. އެއިރުން އެދޫކޮށްލެވެނީ ސުވަރުގެ ލިބުމަށް އޮތް ފުރުޞަތު ނޫން ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން