ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން: 1 ގަޑިއިރަކީ ހުޅުގަނޑެއް ރޯވެ އެނދުންހައި ކުޑަ ވަޤުތުކޮޅަކަށް ވާނެކަމަށް އޮތްބަސްފުޅު މިއޮތީ އަރާހަމަކޮށްފަ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން: 1 ގަޑިއިރަކީ ހުޅުގަނޑެއް ރޯވެ އެނދުންހައި ކުޑަ ވަޤުތުކޮޅަކަށް ވާނެކަމަށް އޮތްބަސްފުޅު މިއޮތީ އަރާހަމަކޮށްފަ!: ޢުމަރު ސުލައިމާން

ޤިޔާމަތްވުން ގާތްވަމުން އަންނަކަން އެންމެންނަށްވެސް ޤަބޫލުކުރެވެއެވެ. އެހެންވެ މިހައިތަނަށް ފައުޅުވެފައިވާ ޢަލާމާތްތައް ދެނެގަންނަން ގިނަ ބައަކު ޝައުޤުވެރިވެއެވެ. އެހެންވެ އެއްކަމެއް ވިސްނައިލަދޭން ބޭނުންވެއެވެ. 

އެއީ ވަޤުތުގެ ބަރަކާތް ކެނޑެމުން އަންނަ ކަމެވެ. މިޘާލަކަށް އަހަރެއް މިހާރުމިވަނީ މަސްދުވަހަށް ކުރުވެފައެވެ. މަސްދުވަސް މިވަނީ ހަފްތާއަކަށް ކުރުވެފައެވެ. ހަފްތާއެއް މިވަނީ އެންމެ ދުވަހަކަށް ކުރުވެފައެވެ. އަދި ދުވަސް މިވަނީ އެއްގަޑިއިރަށް ކުރުވުފައެވެ. އަދި އެއްގަޑިއިރު މިވަނީ އިންތިހާއަށް ކުރުވެފައެވެ. 

މިކަންކަން ބަޔާން ކުރައްވަވައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އުންމަތަށް ސިފަކުރައްވަވައި ދެއްވަވާފައިވަނީ އެ އެއްގަޑިއިރަކީ އަލިފާންގަޑެއް އަނދައިގެންދާފަދަ އަވަހަށް ނިމިގެން ހިނގައިދާނެ ކުޑަކުޑަ ވަޤުތުކޮޅަކަށް ވެގެންދާނެ ކަމަށެވެ. 

އެއްވެސް ޙާލެއްގައި މިއުޅެނީ ދުވަސް ނުވަތަ ރޭގަނޑުކުރުވެގެނެއް ނޫނެވެ. ވަޤުތުގައި ލެއްވެވި ބަރަކާތް ކެނޑިގެންދަނީއެވެ. ވީމާ ކުރަން ބޭނުންވާ ކަންކަން ނުކުރެވިގެން ތެޅިފޮޅެނިކޮށް އިރުއޮއްސެނީއެވެ. ވީމާ މިއަދު ކޮންމެ މުސްލިމަކުވެސް ދުވަހުގެ ފުރަތަމަކަމަކަށް ވަޤުތުގައި ބަރަކާތް ލައްވަވައި އެދުވަހު ކުރަންޖެހޭ މަސައްކަތްތައް ކޮށް ނިންމުމުގެ ކުޅަދާނަކަން ދެއްވެވުން، އެކަމަށް ތައުފީޤް ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ! 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން  

މިއަދު އޮންލައިން