ސުވަރުގެ ލިބުމަށް އެންމެ ފަސޭހަ މަގު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ސުވަރުގެ ލިބުމަށް އެންމެ ފަސޭހަ މަގު!: މުފްތީ މެންކް

ސުވަރުގެ ވައްދަވާނެ ޢަމަލުތަކުގެ ވާހަކައަކީ ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ޝައުޤުވެރިވާނެ ވާހަކަތަކެވެ. އަހަރެމެން ހުރިހާ މުސްލިމުންގެވެސް އެންމެ ބޮޑު ބޭނުމަކީ ސުވަރުގެ ވަނުމެވެ. އެކަމަށްވުރެ ބޮޑަށް ބޭނުންވާ ހަމައެއްވެސް ކަމެއް އެއްވެސް މުސްލިމަކަށް ނުވެއެވެ. ސުވަރުގެ ވަނުމަށްޓަކައި ނުވާނެ އެއްވެސް ޤުރްބާނީއެއްވެސް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރަމެވެ.

އެހެންކަމުން ފަށަމުން ފުރަތަމަވެސް ބުނަން އޮތީ ސުވަރުގެ އެދޭ މީހާ އެއްވެސް ހެޔޮކަމެއް ނުކޮށް ދޫކޮށް ނުލުމަށެވެ. ކުރަން ފުރުޞަތުލިބޭ ކޮންމެ ހެޔޮކަމެއް ކުރުމަށެވެ. 

އެކަން ބަޔާންކުރެއްވެވި ޙަދީޘްފުޅުގައި ކުރަން އަންގަވާފައި އޮތީ ދެ ކަމެކެވެ. ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭ އަޅަކަށްވުމެވެ. ދެން އޮތީ ޚުލްޤް ރަނގަޅު ރިވެތި އަޚްލާޤްގެ ވެރިއަކަށްވުމެވެ. އެކަން ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އުފެއްދެވި މީސްތަކުންނަސް ހެޔޮކޮށް ހިތައިގެންނެވެ. 

ހަމައެއާއިއެކު ހަނދާންކުރާށެވެ! މީސްތަކުންނަށް ހެޔޮ ޢަމަލުކުރަން ހަނދާންކޮށްދީ ޝިރުކުކުރުމާއި ދުރުހެލިވާން ހަނދާންކޮށްދިނުމަކީވެސް ސުވަރުގެ ވަނުމަށް އޮތް އެންމެ ފަހި އެއް މަގެވެ. އަދި ކީއްހެއްޔެވެ؟ އެންމެ ގިނަ ބައަކު ސުވަރުގެ ވައްދަވާ އެއްކަމަކީ ރިވެތި އަޚްލާޤެވެ. މީސްތަކުންނަށް ހެޔޮކޮށްހިތައި ރިވެތި ގޮތުގައި މުޢާމަލާތުކުރުމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން