ހެޔޮ ގޮތުގައި ޝަހާދަތް ކިޔައި އެއަށް ޢަމަލުކުރުމުގެ ހުރި ފައިދާގެ ބުރަކަމާއިމެދު ވިސްނަނީވެސް ވަރަށް މަދު މީހެކެވެ.
ޤިޔާމަތް ދުވަހު މީހަކު އަންނާނެއެވެ. އޭނާގެ ފަތުގެ 99 އިންސައްތައިގައިވަނީ އޭނާކޮށްފައިވާ ބޮޑެތި ފާފަތަކެވެ. ފަތް މީޒާނުގައި ކިރާ ވަގުތު އެއިން ވެއްޓެނީ "ކާޑެކެވެ. އެއިގައި ވަނީ
لا إله إلا الله محمد رسول الله އެވެ.
އެހިނދު ﷲ ތަޢާލާ ވަޙީކުރައްވަވާނީ ހެޔޮކަމުގެ ކޮޅަށް އެ ކާޑު ލުމަށެވެ. ލުމުން މީޒާނުގައި ބުރަވެގެންދާނީ ހެޔޮކަމުގެ ކޮޅަށެވެ. އޭނާއަށް ސުވަރުގެ ދެއްވަވާނެތެވެ! ނަމަވެސް އެއީ ހަމައެކަނި އޭނާ އެދެ ކަލިމަ ދުލުން ކިޔާލައިފައިވާތީއެއް ނޫނެވެ. ކިޔެވިފަހަރު ފުރިހަމަ މާނައިގައި ކިޔާފައިވާތީއެވެ.
ވީމާ ހިތުގެ އަޑިން ޤަބޫލުކޮށް ދުލުންކިޔާ މީހަކަށްވާށެވެ! އަދި ޢަމަލުކުރާ މީހަކަށްވާށެވެ! މީޒާނުގައި ހެޔޮކަމުގެ ކޮޅަށް ބުރަވެގެންދާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން