މި ޙަދީޘްފުޅުތަކަށް ބަލައިވެސް ދަމުނަމާދުގެ މާތްކަމަށް ވިސްނައި ދަމުނަމާދުކުރަން އަވަހަށް ފަށައިގަންނާށެވެ!

ކިޔުމަށް ހޭދަވާނީ 4މ 50ސ
މި ޙަދީޘްފުޅުތަކަށް ބަލައިވެސް ދަމުނަމާދުގެ މާތްކަމަށް ވިސްނައި ދަމުނަމާދުކުރަން އަވަހަށް ފަށައިގަންނާށެވެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ދަމުނަމާދު ކުރާ މީހުންނަކީ އަދި އެކަމަށް ރައްކާތެރިވެ އެކަމުގައި ދެމިހުންނަ މީހުންނަށް ﷲ ތަޢާލާ ގެ ރަޙްމަތާއި އެކަލާނގެ ސުވަރުގެ ޙައްޤުވެގެންދެއެވެ. އަދި ﷲ ތަޢާލާ ދަމުނަމާދުގެ މާތްކަމާއި ބެހޭގޮތުން ކީރިތި ޤުރްއާނުގައި ވަނީ އަންގަވައިދެއްވަވައިފައެވެ. އަދި ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެންމެ ބޮޑަށް އިސްކަން ދެއްވެވި ސުންނަތް ނަމާދަކީވެސް ދަމުނަމާދެވެ. 

ޛާރިޔާތު ސޫރަތުގެ 17 އަދި 18 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ﴿١٧﴾‏ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿١٨﴾‏

މާނައީ: "އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ." 

ދަމުނަމާދު ކުރުމުން ވަރަށް ގިނަ ފައިދާތައް ކުރެއެވެ. ފާފަތައްވެސް ފޮލެވިގެން ދެއެވެ. 

·       "يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِيْنَ يَبْقَى ثُلُثُ اللَّيْلِ الآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيْبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَه، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ" (متفق عليه.) 

މާނައީ: " ކޮންމެ ރެއެއްގެ ތިންބައިކުޅަ ފަހު ބައިގައި މާތް ﷲ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގެން ބަސްފުޅު ވަޙީކުރައްވާނެތެވެ. ތިމަން އިލާހަށް ދުޢާ ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހެއްގެ ދުޢާ ތިމަން އިލާހު އިޖާބަކުރައްވައި ހުށީމެވެ. ކަމަކަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހަކު އެދޭ ކަމެއް ތިމަން އިލާހު އެމީހަކަށް ދެއްވާ ހުށީމެވެ. ފާފަ ފުއްސެވުމަށް އެދި ތިމަން އިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހަކަށް ތިމަން އިލާހު ފާފަ ފުއްސަވައި ދެއްވާހުށީމެވެ."

·       يا أيُّها النَّاسُ أفشوا السَّلامَ، وأطعِموا الطَّعامَ، وصِلوا الأرحامَ، وصلُّوا باللَّيلِ، والنَّاسُ نيامٌ، تدخلوا الجنَّةَ بسَلامٍ 

މާނައީ: "އޭ މީސްތަކުންނޭވެ! ސަލާމް ފަތުރާ ޢާއްމުކުރާށެވެ. އަދި ފަޤީރުންނާއި މިސްކީނުންނަށް ކާންދޭށެވެ. އަދި ރަޙިމުގެ ގުޅުން ގުޅުވާށެވެ. އަދި މީސްތަކުން ނިދާފައިވާ ޙާލު ރޭގަނޑު ނަމާދުކުރާށެވެ. (ދަމުނަމާދު) އެއިރުން ސަލާމަތްތެރިކަމާއެކު ސުވަރުގެ ވަންނާނެއެވެ."

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net) 

·       إذا قامَ أحَدُكُمْ مِنَ اللَّيْلِ، فَلْيَفْتَتِحْ صَلاتَهُ برَكْعَتَيْنِ خَفِيفَتَيْنِ.

މާނައީ: ތިޔަބައިމީހުން ކުރެ މީހަކު ދަމުނަމާދަށް ތެދުވާއިރު އޭނާގެ ނަމާދު ލުއިލުއި ދެރަކަޢަތުން ފަށާހުށިކަމެވެ."

https://dorar.net/hadith/sharh/133371

މިއަދު އޮންލައިން