ޤްރްއާނަށްވުރެ ބޮޑަށް އިޙްތިރާމްކުރާ ޤާނޫނެއް، މުސްލިމަކަށް ނޯންނާނެ!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޤްރްއާނަށްވުރެ ބޮޑަށް އިޙްތިރާމްކުރާ ޤާނޫނެއް، މުސްލިމަކަށް ނޯންނާނެ!: ޑރ. ޢަލީ ޒާހިރު

ކުށްކުރުން އިންތިހާއަށް ގިނަވެ މިކުޑަކުޑަ މުޖުތަމައު ބިރުވެރި ހާއްޔަކަށް ބަދަލުވަމުންދާއިރު މިކަންކަން މިގޮތަށް މެދުވެރިވަމުން އަންނަ އަޞްލު ސަބަބާއިމެދު ފުންކޮށް ވިސްނައިލަނީ ކޮން މުއައްސަސާއަކުން ކަމާއިމެދު މިވަނީ ސުވާލު އުފެދިފައެވެ. އެސުވާލު މިވަނީ ގިނަގިނައިން ކުރަންޖެހިފައެވެ.

މުސްލިމުންގެ ދުސްތޫރަކީ ކީރިތި ޤުރްއާންއެވެ. އިތުރު ޤާނޫނު ބޭނުންވާނީ ކީރިތި ޤުރްއާނުގައި އެކަމަކަށް ޙުކުމް ބަޔާން ކުރައްވަވާފައިނުވާ ކަންކަމަށެވެ. މިސާލަކަށް ފިހާރަތއް ހުޅުވައި ލައްޕާނެ ގަޑި، ވެހިކަލް ދުއްވުން، ޢިމާރާތް ކުރުން ފަދަ ކަމަށެވެ. ކީރިތި ޤުރްއާނުގައި އެކަމަކަށް ޙުކުމްފުޅު ބާވައިލައްވަވާފައިވާ އެއްވެސް ކަމަކަށް އިތުރު ޤާނޫނެއް ބޭނުމެއް ނުވާނެއެވެ. އޮތީ ޢަމަލުކުރުމެވެ. 

ނަމަވެސް ކީރިތި ޤުރްއާނުގައި ވަކި ގޮތަކަށް ޙުކުމްފުޅު ބާވައިލައްވަވާފައިވާ ކަންކަމުގައިވެސް ބައެއް މީހުން މިހާރަކަށް އައިސް ބުރަވަނީ މީސްތަކުން އަމިއްލައަށް ހަދާފައި ހުރި ޤާނޫނުތަކަށެވެ. އެހެންކަމުން މިބަޔާން ކުރަނީ މިކަމުގައި ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

"އިސްލާމް ދީނަށްވުރެ ބޮޑަށް ލޯބިކުރާ ފިކުރެއް، ރަސޫލް () އަށްވުރެ ބޮޑަށް ލޯބިވާ ލީޑަރެއް، ޤްރްއާނަށްވުރެ ބޮޑަށް އިޙްތިރާމްކުރާ ޤާނޫނެއް، މުސްލިމަކަށް ނޯންނާނެ"

- ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް 

ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް މެން ފަދަ ޜާއްޖޭގައި ތިއްބެވި އެންމެ އިސް ދީނީ ޢިލްމުވެރިން މިފަދަ ބަސްފުޅުތައް ވިދާޅުވަމުން ގެންދަވާއިރު ކީރިތި ޤްރުއާނަށް ކަނޑައެޅިގެން ގޮންޖަހައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކަށް އަމަލުކުރަން މުސްލިމުންނަށް ޖެހޭނެ ކަމާއިމެދު ވިސްނައިލަން ޖެހެއެވެ. 

ހަމަޤައިމުވެސް އެޤާނޫނުތައް ސަރުކާރުން ތަންފީޒުކުރަން ފެށުން ވެގެން ގޮސްފައި މިވަނީ ކުށްކުރުން އިންތިހާއަށް އިތުރުވެގެންދިއަ ސަބަބަކަށެވެ. ދުވަސްކޮޅަކުން ފެނިގެންދާނީ ކޮންފަދަ ބިރުހުރި ކަންތައްތަކެއް ކަމާއިމެދު މިވަނީ ސުވާލު އުފެދިފައެވެ. ސުވާލަކީ މިކަންކަމަށް ކަންބޮޑުވަނީ ކޮންވެރިއެއް ހެއްޔެވެ؟ ކޮން މުއައްސަސާއަކުން ހެއްޔެވެ؟

މިއަދު އޮންލައިން