މިއަހަރުގެ ރަމަޟާން މަސް ނިމިގެންދިއައީއެވެ. ދާދި އަވަހަށް އަންނަ އަހަރުގެ ރަމަޟާންމަސް ބައްދަލުކުރާނެއެވެ. އިން ޝާ ﷲ.
ތިއަ ވާހަކަތައް ދައްކަން އަދި މާއަވަހޭ ނުބުނާށެވެ! މިހާރުންސުރެ ތައްޔާރުނުވެ ރަމަޟާން މަހާއި ބައްދަލުވެއްޖެނަމަ ހަމަ ހުރިހާ ކަމެއް ފޭލްވުން އޮތީ ދާދި ގާތުގައެވެ. އެހެންކަމުން މިހާރުންސުރެ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއްކަމަކީ ކުރެވޭ ފާތަކުން ދުރުހެލިވުމެވެ. ފުރިހަމައަށް ތައުބާވެގެން ޢަމަލުތައް ސީދާކުރަން މަސައްކަތްކުރަން ފެށުމެވެ.
އަހަރެމެންގެ ތެރޭގައި ފާފަކުރުން ޢާންމުވެފައިވާ މިންވަރަށް ނުވަތަ ފާފަކުރެވޭ މިންވަރާއިމެދު ވިސްނައިލުމުން ލޮލުން ކަރުނައަޅަން އެބަ ޖެހެއެވެ. ރަމަޟާން މަސް އައިސް ޖެހުމުން ތައްޔާރުވާން މަސައްކަތްކުރިނަމަވެސް އެކަންކުރަން އެހައި ފަސޭހައެއް ނުވާނެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވެވިފަދައިން ތިއަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވަވައިފިއެވެ. އެއީ. އެއީ ތިއަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ." (އަލްބަޤަރާ: 183)
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށވަރުން ރާ އާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބުހުރި ގޮތް ބަލަން ގެންގުޅޭ ދުނޑިދަނޑިތަކަކީ، ޝައިޠޯނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރުތަކެއްޗެވެ. ފަހެ ތިއަބައިމީހުން އެކަންތައްތަކާއި ދުރުވެގަންނާށެވެ! (އެއީ) ތިއަބައިމީހުން ދިންނަވައި ނަބީބު ލިބިގަތުމަށްޓަކައެވެ." (އަލްމާއިދާ: 90)
ދެން ބަލައިލަންވީ މި ދެ ހަދީޘްފުޅަށެވެ.
Saaiduna Abdullah Ibn Amr Radiallahu Anhu narrates that the Prophet of Allah Sallallahu Alahi Wasalam said: “Whoever drinks alcohol and gets drunk, his prayer will not be accepted for forty days and if he dies he will go to Hell. But if he repents, Allah will accept his repentance. If he again drinks alcohol and gets drunk, his prayer will not be accepted for forty days and if he dies he will go to Hell. But if he repents, Allah will accept his repentance. If he again drinks alcohol and gets drunk, his prayer will not be accepted for forty days and if he dies he will go to Hell. But if he repents, Allah will accept his repentance. If he commits (this sin) again, then Allah pledges to make him drink the mud of khabaal on the Day of Resurrection.” They asked, “O Prophet of Allah, what is the mud of khabaal?” He said, “The puss of the people of Hell.”
(Sunan Ibn Majah)
“Wine (or Intoxicants) is the mother of all immorality, whoever drinks it, his Salah is not accepted for forty days, this is due to the fact that it remains in his system (veins and muscles) for forty days, if anyone dies in this state, he has died an ignorant persons death.”
(at-Tayseer Sahrah Jami’ Sagheer Vol:1 Pg: 1086) (See also Faidh al-Qadeer Vol: 3 Pg: 678).”
މި ޙަދީޘްފުޅުގައި އެވަނީ ރާބޮއެފިނަމަ އެމީހާގެ ނަމާދު 40 ދުވަސްވަންދެން ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށެވެ. ވީމާ ކުރިން ބުނި ފަދަ ސުވާލުތައް އުފައްދާ މީހުން ޤުރްއާނާއި ޙަދީޘްފުޅުތަކުން ޖަވާބުލިބިގަތުން ކިތަންމެހައިވެސް މުހިންމުކަން ފާހަގަކުރަމެވެ.
އަހުރެން މިހައި ކުރިއާލައި މިވާހަކަތައް މިދައްކަނީ ކުރަން ދެވިހިފާފައި ހުންނަ ފާފަތައް ކުރުން ހުއްޓާލަން މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބުކުރަން ދިގު މުއްދަތެއް ނަގާތީއެވެ. ނިމިގެން ދިއަ ރަމަޟާންމަހު ފޭލްވި ގިނަ ބައަކު އެކަމަށް ހިތާމަކުރަމުން ގެންދާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން