ތިބާއާ ޝައިޠޯނާއާ ދެމެދުގަ ދަގަނޑު ފާރެއްލެވި ފާފައެއް ކުރެވެން އުޅޭނަމަ ގުގުރީގެ އަޑުފަދައިން އިންޒާރުލިބޭ މީހަކަށްވާން ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތިބާއާ ޝައިޠޯނާއާ ދެމެދުގަ ދަގަނޑު ފާރެއްލެވި ފާފައެއް ކުރެވެން އުޅޭނަމަ ގުގުރީގެ އަޑުފަދައިން އިންޒާރުލިބޭ މީހަކަށްވާން ބޭނުންހެއްޔެވެ؟

ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބިރުވެތިވެވޭނަމަ އެމީހަކާއި ޝައިޠޯނާ އާއި ދެމެދުގައި ދަގަނޑުގެ ހުރަހެއް ލެވިގެންދާނެއެވެ. އެހުރަސް ފޫއަޅުވައިލުމަކީ ޝައިޠޯނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އިން ޝާ ﷲ 

މިބުނި ފާރަކީ އެމީހާގެ ތަޤްވާވެރިކަމެވެ. ޛިކުރުކުރުން ގިނަކުރުމެވެ. ހުސްވަގުތެއް ލިބޭއިރަށް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. ޝައިޠޯނާއަށް އެފަދަ މީހަކާއި ކައިރިވެސް ނުވެވޭނެއެވެ. ހުންނަންޖެހޭނީ މާދުރުގައެވެ. 

އަދި ކީއްހެއްޔެވެ؟ އެމީހާގެ ޙިމާޔަތުގައި ބޯވިލާގަނޑެއްފަދަ އެއްޗެއް ވާނެއެވެ. ފާފައެއް ކުރެވެން އުޅެވޭނަމަ ގުގުރީގެ އަޑުފަދައިން ގަދަފަދަ އަޑެއް އަންނާނެއެވެ. އެމީހަކަށް ބުނެވޭނެއެވެ. "ތިބާއަށް އެކަނިވެވޭއިރަށް ފާފަކުރަން ތިއައުޅެނީ ﷲ ތަޢާލާއަށް ސިއްރުކުރެވޭނެ ކަމަށް ހެއްޔެވެ؟ ﷲ ތަޢާލާ ތިބާއަށް ބައްލަވައިވޮޑިގެން ނުވާކަމަށް ހީކުރަނީހެއްޔެވެ؟" 

އެހިސާބުން އޭނާ ބިރުވެތިވާނެއެވެ! އޭނާގެ ހިތް ބިރުން ތެޅިފޮޅެންފަށާނެއެވެ! ފާފައެއް ކުރެވެން އުޅެވުނުކަމަށްޓަކައިވެސް ތައުބާވާނެއެވެ. އެހިސާބުން އޭނާ ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަނުކުރިކަމަށްޓަކައި އެމީހާއަށް ހެޔޮކަމެއް ލިޔުއްވަވާނެތެވެ. 

ގަދައަޅައި މަސައްކަތްކުރަންވީ މިފަދަ ދަރަޖައަކަށްދެވޭތޯއެވެ. އެމީހެއްގެ ކިބައިގައި ހިތްވަރުހުރިނަމަ އެއީ ޙާޞިލުނުކުރެވޭނެ ދަރަޖައެއް ނޫނެވެ. އޮތީ އެމީހާގެ ކިބައިގައި ހިތްވަރުހުރުމެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވާން މަސައްކަތްކުރުމެވެ. ޔަޤީންކުރާށެވެ! އިޚްލާޞްތެރިކަމާއިއެކު އެކަންކަމަށް އެދިގެން މަސައްކަތްކުރާ މީހަކަށް ހިތްވަޜާއި ޘާބިތުކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން