ބުރަމަސައްކަތުން ކުރި އަޅުކަން މީޒާނުގަ ތިމާގެ ކޮޅަށް ބުރަކޮށްދޭނެ އެއްޗަކަށް ހަދަން ބޭނުންމީހާ އެންމެ ބޮޑަށް ސަމާލުކަންދޭނެވީ ކަންތައް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ބުރަމަސައްކަތުން ކުރި އަޅުކަން މީޒާނުގަ ތިމާގެ ކޮޅަށް ބުރަކޮށްދޭނެ އެއްޗަކަށް ހަދަން ބޭނުންމީހާ އެންމެ ބޮޑަށް ސަމާލުކަންދޭނެވީ ކަންތައް-: މުފްތީ މެންކް

ސްޕަމާކެޓަކަށް ވަދެފައި ބާސްކެޓެއް ނެގީއެވެ. ހަރުގަނޑުތައް ކައިރީ ހިނގައި ބޭނުންވާހައި އެއްޗެއް ނަގައި ބާސްކެޓަށް އެޅީއެވެ. ބާސްކެޓް ފުރާލައިގެން ކައުންޓަރަށްދާއިރު އެއިގައި އެއްޗެއް ހަރުލާފައި ހުންނާނީ ފޫހުރި ބާސްކެޓަކަށް އެޅުނު ނަމަކަން އެންމެންނަށްވެސް އެނގޭނެއެވެ. 

އަޅުކަންކުރުމުގައިވެސް މިވަނީ ހަމައެފަދަ ގޮތެކެވެ. ސުންނަތް ރޯދަތައްވެސް ހިފައެވެ. ފަރުޟު ފަސްނަމާދުކުރެއެވެ. ނަމާދަށް ހުންނަނީވެސް ކުރީ ސަފުގައެވެ. ސުންނަތް ނަމާދުތައްވެސް ކުރެއެވެ. ނަމާދުތައް ކޮށް ނިމިގެން މިސްކިތުން ފައިބައިގެން ގޮސް ގެއަށް ވަދެފައި ގޭގައި ތިބި އަނބިދަރިންނަށާއި މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް ނުބައި ބަސްތައް ބުނެ ހަރުކަށި ޢަމަލުތައް ކުރެވޭނަމަ ދެންވާނީ ކިހިނަކުންހެއްޔެވެ؟ 

މިސްކިތުގައި ހުރެގެން ކުރި އަޅުކަން އެހިސާބުން އެދަނީ އެމީހެއްގެ ކިބައިން ގެއްލެމުންނެވެ. ފޫނެތް ބާސްކެޓަށް އެޅި އެއްޗެއްސަށްވީގޮތް އެދަނީވަމުންނެވެ. ފައިބައި ހުސްވިގޮތަށް، ކުރިއަޅުކަން އެދަނީ އަތުން ގެއްލި ހުސްވަމުންނެވެ. ޖެހިގެން އަންނަ ނަމާދު ކުރަންޖެހޭއިރު މީހާއަށް ހުރެވޭނީ ބޮޑުތަނުން ދަރަނިވެރިވެ ކުރެވުނު ފާފަތައް ގިނަވެފައިކަމަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. 

ވީހައި ގިނައިން އަޅުކަންކުރުމަކީ ކިތަންމެހައިވެސް މުހިންމު ކަމެކެވެ. އަޅުކަންކުރަން ސަމާލުކަންދިން ފަދައިން ކުރި އަޅުކަން ތިމާއާއިއެކު ދެމިހުރުމަށް ދޭންޖެހޭ ސަމާލުކަން ނުދެވިއްޖެނަމަ ކުރި އަޅުކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ޤިޔާމަތް ދުވަހު މީޒާނުގައި ކިރައިލަން ލިބޭނީ ތިމައާއިއެކު ގެންދެވުނު ނަމަ ނޫންހެއްޔެވެ؟ 

މިބަހުގެ މާނައަކީ މީޒާނުގައި ހެޔޮކަމުގެ ކޮޅަށް ބުރަވެ ތިމާއަށް ފައިދާކުރާނީ ކުރެވޭ ފާފަ މަދުކުރެވިގެންކަމެވެ. ފާފަތައް ގިނަވެ ފާފައިގެ ކޮޅަށް ބުރަވެއްޖެނަމަ ކުރި ހެޔޮ ޢަމަލުތަކުން ކުރާނެ ފައިޑާއެއް ނުއޮންނާނެ ކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފާފައަކަށްވަނީ ވައްކަނަކްުރުމާއި ޒިނޭކުރުމާއި ޖުވާކުޅުމާއި މިހެންގޮސް އެންމެ ބޮޑެތި ޙަރާމް ކަންކަމުގެ ގޮތުގައި ލިސްޓް ކުރެވިފައިވާ ކަންކަން އެކަންޏެއް ނޫނެވެ. ދީނުގައި ނަހީކުރައްވަވާފައިވާ ކޮންމެ ކަމެކެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކޮންމެ ކަމެކެވެ. 

އެހެންކަމަށްވާއިރު ވިސްނައިލާށެވެ! އެއްވެސް މީހަކަށް ނުބައި ބަސްބުނުމަކީ ދީނުގައި ހުއްދަކަމެއް ނޫނެވެ. އަނބިދަރިންނަށާއި ޢާއިލާގެ މީހުންނަށް ނުބައިބަސްތައް ބުނާނަމަ އެކަމުގެ ފާފަ އިތުރުވެގެންދެއެވެ. މީގެ އިތުރުން ތިމާ އެބައަކު ދެކެ ލޯބިވެ ހެޔޮކޮށް ހިތަންޖެހޭ ބައެއްގެ ހިތުގައި ޖެއްސުވުމަކީވެސް ކުރެވޭ ބޮޑުފާފައެކެވެ. 

ވީމާ ތިމާ ބުރަ މަސައްކަތުން ކުރާ ހެޔޮ ޢަމަލުތައް ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދާން އެދޭމީހާ މިކަންކަމަށް ވިސްނައިލާށެވެ! ކުރާ ހެޔޮ ޢަމަލުތަކުން ފައިދާކުރާނީ އެއިރުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން