ﷲ ތަޢާލާ ކުޑަކުދިންނަށް ލޯބިވެވޮޑިގަންނަވާ މިންވަރު! ދަރިންނަށް ކިރުދޭން ދޫކުރާ ރޯދައަށް ކައްފާރާދޭކަށް ނުޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ﷲ ތަޢާލާ ކުޑަކުދިންނަށް ލޯބިވެވޮޑިގަންނަވާ މިންވަރު! ދަރިންނަށް ކިރުދޭން ދޫކުރާ ރޯދައަށް ކައްފާރާދޭކަށް ނުޖެހޭނެ!

"އަޅުގަނޑުގެ ދަރިފުޅަކީ އުމުރުން 1 އަހަރުގެ ކުއްޖެކެވެ. އޭނާގެ ހުރިހާވެސް ކެއުމަކީ މައިމީހާގެ ގާތުން ބޯކިރެވެ. ފުދޭވަރަކަށް ގިނައިން ބޮޔެވެ. އިން ޝާ ﷲ.

އަނބިމީހާ ބުނަނީ ކިރުދެމުން ރޯދަހިފައިފިނަމަ ދަރިފުޅަށް ބޭނުންވާވަރަށް ކިރު ނުހުރެދާނެ ކަމަށެވެ. އެހެންކަމަށްވާނަމަ ޢަމަލުކުރަންވީ ކިހިނަކުންތޯއެވެ؟ ރޯދަ ދޫކޮށްފިނަމަ ކައްފާރާ ދޭންޖެހޭނެތޯއެވެ؟

ޖަވާބު:

ކައްފާރާދޭކަށް ނުޖެހޭނެއެވެ. ދޫކުރާ ރޯދަ ފަހުން އަނބުރައި ހިފާނީއެވެ!"

--ޝައިޚް ޢާޞިމް އަލްޙަކީމް

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ރޯދަ ހިފިނަމަވެސް ގާތުން ކިރު ދިނުމުން ކިރު މަދުވުން ފަދަ ކަންކަން މެދުވެރިނުވާނަމަ އެއީ ﷲ ތަޢާލާގެ ރަޙްމަތްފުޅު ކަމަށާއި އޮތީ ޝުކުރުވެރިވެ ރޯދަ ހިފުން ކަމަށެވެ. ކިރުދޭތީ ރޯދަ ދޫކުރަން ހުއްދަ އޮތް އޮތުމުގެ ބޭނުން ހިފަންވާނީ ވީހައި ރަނގަޅު ގޮތުގައިކަމަށެވެ

 

މިއަދު އޮންލައިން