ފަރިތަކޮށް ޤުރްއާން ނުކިޔެވޭ މީހުންނަށާ ތަޖުވީދުމަގުން ނުކިޔެވޭ މީހުންނަށް ކިޔަވަން އެންމެ ފަސޭހަ މަގު-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ފަރިތަކޮށް ޤުރްއާން ނުކިޔެވޭ މީހުންނަށާ ތަޖުވީދުމަގުން ނުކިޔެވޭ މީހުންނަށް ކިޔަވަން އެންމެ ފަސޭހަ މަގު-!: މުފްތީ މެންކް

ތަފާތު ސަބަބުތައް ކުރިމަތިވެ ފަސޭހަކަމާއިއެކު ކީރިތި ޤުރްއާން ނުކިޔެވުމުގެ ސަބަބުން ކޮށްކޮށައިގެން ކިޔަވަންޖެހޭ މީހުން ވަރަށް ގިނައެވެ. އަދި ބަލައިގެން ވެސް ތަޖުވީދުމަގުން ކިޔަވަން ނުއެނގޭ މީހުންވެސް ވަރަށް ގިނައެވެ.

އެފަދަ މީހުން ކީރިތި ޤުރްޢާން ގިނައިން ކިޔަވަން ބޭނުންނަމަ އެންމެ ފަސޭހަވާނެ މަގު (އަހުރެންގެ ތަޖުރިބާއިން) ބުނެދެން ހެއްޔެވެ؟

1 ފޯނަށް އެޕް އަޅައި އެމީހަކަށް އެންމެ އަޑުއަހަން ފަސޭހަ، އެންމެ ފަސޭހައިން ފަހުމްވާ ޤާރީއަކު އިޚްތިޔާރުކުރާށެވެ! 2 ޚަތިމް ހުޅުވައިލާށެވެ!

3 އޭނާގެ ކިޔެވުން އަޑުއަހައި އަޑުދަށުން ކިޔަވާށެވެ!

މިގޮތަށް ޢަމަލުކުރުމުން ކިޔަވަން ފަސޭހަވާނެއެވެ. އަދި ތަޖުވީދުމަގުން ކިޔަވަންވެސް ފަސޭހަވެގެންދާނެއެވެ.

ރަމަޟާންމަހު ޚަތިމް އެކުގައި ނިންމުމަކީ ފަރުޟެއް ނޫނެވެ. ނަމަވެސް އެއީ ކުރަން ވަރަށް ރަނގަޅުކަމެކެވެ. ވީމާ ކޮންމެ ދުވަހަކުވެސް މަދުވެގެން ފޮތެއް ކިޔަވަން މަސައްކަތްކުރާށެވެ! ކީރިތި ޤުރްއާން ކިޔެވުން ގިނަކުރިކަމުގެ މަދުމިނަކީ ޚަތިމެއް ކުރެވުން ކަމަށް ޤަބޫލުކޮށް އެކަމަށް ޢަޒުމް ކަނޑައަޅައިގެން ކިޔަވާ މީހަކަށް އެއީ ކުރަން އެއްވެސް އުނދަގޫކަމަކަށް ނުވާނެއެވެ! އިން ޝާ ﷲ

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން