ރިޒްޤް ދަތިވާ 4 ސަބަބު- ފަސޭހަކަމާއިއެކު ރަނގަޅުކޮށްލެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ރިޒްޤް ދަތިވާ 4 ސަބަބު- ފަސޭހަކަމާއިއެކު ރަނގަޅުކޮށްލެވިދާނެ!

އިމާމު އިބްނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ

ރިޒްޤު ދަތިވާ 4 ސަބަބެއްވެއެވެ

1 ހެނދުނު ނިދުން

2 ނަމާދަށް ފަރުވާކުޑަކުރުން

3 ކަންނެތްކަން

4 ޚިޔާނާތްތެރިވުން

(زاد المعاد 4/378)

ފުރަތަމަ 3 ކަންތައް ގުޅިފައިވަނީ އެމިހާގެ ކަންނެތްކަމާއެވެ. ފަރުވާކުޑަކަމާއެވެ. ދޯދިޔާ ކަމާއިއެވެ. 4 ވަނަ އަށް އެއޮތީ ޚިޔާނާތްތެރިވުމެވެ. ޚިޔާނާތްތެރި ނުވުމުން އެކަމުން ވެސް ސަލާމަތްވެވުނީއެވެ.

ވީމާ އިމާމު އިބްނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވާ މި 4 ސަބަބުވެސް ގުޅިފައިވަނީ އެމީހަކާއިއެވެ. ރިޒްޤް ތަނަވަސްވުމަށް އެދޭ މީހާއަށް އޮތީ އަވަހަށް އިޞްލާޙްކޮށްލުމެވެ.

 

މިއަދު އޮންލައިން