މީހަކު ދީފާނެ ގެއްލުމަކަށް ބިރުގަންނަނަމަ ﷲ ތަޢާލާގެ ރައްކާތެރިކަން ލިބިގަންނަން ފުރަތަމަ ކުރަންވީ ކަންތައް-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މީހަކު ދީފާނެ ގެއްލުމަކަށް ބިރުގަންނަނަމަ ﷲ ތަޢާލާގެ ރައްކާތެރިކަން ލިބިގަންނަން ފުރަތަމަ ކުރަންވީ ކަންތައް-!: މުފްތީ މެންކް

އެހެން މީހަކު ދީފާނެ ގެއްލުމަކަށް ބިރުގަތުމަކީ މީހާގެ ފިނޑިކަމެއް ނޫނެވެ. އަދި އުނިސިފައެއްވެސް ނޫނެވެ. ތިމާ އާއި އަދި އެހެން މީހުންވެސް އުފެއްދެވީ ﷲ ތަޢާލާއެވެ. ނަމަވެސް އުފެއްދެވި މީހުންގެ ތެރޭގައި ނުބައި ބައަކުވާކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވާފައެވެ.

އަދި އެމީހުންގެ ނުބައިކަމުން ރައްކައުތެރިވެ ތިބުމަށްޓަކައި ކުރަންވީ ކަންތައްވެސް ވަނީ ވަޙީ ކުރައްވަވައިފައެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދުމެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަންނަމެވެ. (.) އެކަލާނގެ ހައްދަވާފައިވާ ތަކެތީގެ ނުބައިކަމުންނެވެ. (،)" (އަލްފަލަޤް: 1، 2)

ﷲ ތަޢާލާ މީސްތަކުން އުފެއްދެވީ ނުބައި ކަންކަން ކުރުމަކަށް ނޫނެވެ. ނަމަވެސް މީސްތަކުންނަށް ދެއްވެވި އިޚްތިޔާރުގެ ބޭނުން ނުބައި ގޮތުގައި ހިފަނީއެވެ. ނުބައި ޢަމަލުތައް ކުރަނީއެވެ. އަދި އެމީހުން ކުރާ ނުބައި ކަންކަމުން ރައްކައުތެރިކުރައްވަވައި ދެއްވެވުން އެދުމުން ރައްކައުތެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ

ދެން ވިސްނައިލަންވީ ފުރަތަމަ އާޔަތަށެވެ. " ފަތިހުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަންނަމެވެ." އޮތް ބަސްފުޅަށެވެ. ﷲ ތއާޅާއީ އުޑުތަކާއި ބިންތަކާއި އެންމެހައި ތަންތަނުގައިވާ އެންމެހައި ތަކެތީގެ ވެރި ރަސްކަލާނގެއެވެ. މި ބަސްފުޅުގައި ފަތިހުގެ ވެރި ރަސްކަލާނގެ ކަމުގައި އޮތް އޮތުމަކީ ވަރަށް މުހިންމު ބަސްފުޅެކެވެ.

އެނގިގެންދަނީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭމީހާ ފަތިހު ހޭލަންޖެހޭކަމެވެ. ފަތިސްނަމާދުކުރަންޖެހޭ ކަމެވެ. އަދި އެކަލާނގެއަށް ޛިކުރުކޮށް ދުޢާކުރަން ޖެހޭ ކަމެވެ. ފަތިހު ހޭލަންވީ ހަމައެކަނި ނަމާދުކުރާކަށް ވެސް ނޫނެވެ. ނަމާދުކޮށް ތިމާއަށް ބޭނުންވާ ރައްކައުތެރިކަންވެސް ލިބިގަތުމަށެވެ. ﷲ ތަޢާލާ އަންގަވާފައިވާ މަގުން އެކަލާނގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭ މީހާއަށް އެކަން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން