އެންމެ ކާމިޔާބު، އެންމެ އުފާވެރި ދިރިއުޅުމެއް ލިބޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެންމެ ކާމިޔާބު، އެންމެ އުފާވެރި ދިރިއުޅުމެއް ލިބޭނެ މަގު-

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް ތަފާތު ސިފަތަކެއް ހުންނާނެއެވެ. އެއިގެ ތެރޭގައި އެހެން މީހަކަށް ކަމުދާ ސިފަތަކާއި ކަމުނުދާ ސިފަތަކެއްވެސް ހުންނާނެއެވެ. 

ވީމާ ކައިވެނިކުރަން ބަލާއިރު އެމީހެއްގެ ކިބައިގައި ހުންނަ ހުރިހާ ސިފަތަކަކީ ތިމާއަށް ކަމުދާ ސިފަތައް ކަމުގައި ހަދަން އިސްކަން ދީފިނަމަ އެފަދަ މީހަކާއި ދުވަހަކުވެސް ބައްދަލުނުވެދާނެއެވެ. ގާތީވެސް ބައްދަލު ނުވުމެވެ. 

ކައިވެނިކުރަންވީ އަނެކާގެ ކިބައިގައި ތިމާ ނުރުހޭ ސިފަތަކެއްވެސް ހުންނާނެކަން ޤަބޫލުކޮށްގެންނެވެ. ކައިވެނިކުރުމަށްފަހު މަޑުމަތިރިކަމާއި އަދި ކެތްތެރިކަމާއިއެކު މަސައްކަތް ކުރެވިއްޖެނަމަ މިބުނި ފަދަ ސިފަތައް ކޮންމެވެސް މިންވަރަކަށް އިޞްލާޙްކުރެވޭނެއެވެ. ނަމަވެސް އެކުގައި ނައްތުވައިލެވޭނެ ކަމަށް ބަލައިގެންވެސް ނުވާނެއެވެ.

ބައިވެރިޔާގެ ކިބައިން ބަލަންވީ (1) ތަޤްވާވެރިކަމަށާއި (2) ރިވެތި އަޚްލާޤަށެވެ. މިދެކަންތައް އެމީހެއްގެ ކިބައިގައި ހުރިނަމަ ދެން ހުންނަ ކަންކަމަށް ކަންބޮޑުނުވާށެވެ! އެކަންކަމަށް އަލައިވެސް ނުލާށެވެ! ކުރިން މިބުނިފަދައިން ކޮންމެ މީހެއްގެ ކިބައިގައިވެސް ވަރަށް ތަފާތު ސިފަތަކެއް ހުންނާނެއެވެ. ތިމާ އެދޭ ހުރިހާ ސިފަތަކެއް ފުރިހަމަ ހަމައެކަކުވެސް ނުލިބޭނެއެވެ. 

އެކަން ޤަބޫލުކޮށްގެން ދިރިއުޅެން މަސައްކަތްކުރާ މީހާގެ ދިރުއުޅުން އަބަދުވެސް ދާނީ ކުރިއަރަމުންނެވެ. ކާމިޔާބުވަމުންނެވެ. އުފާވެރިވަމުންނެވެ. އިން ޝާ ﷲ 

- އަލަފް

މިއަދު އޮންލައިން