މިޔުޒިކް ކުޅޭ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުން ހުއްދައެއް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މިޔުޒިކް ކުޅޭ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުން ހުއްދައެއް ނޫން!: މުފްތީ މެންކް

އަޅުގަނޑަކީ އެއްގޮތަކަށްވެސް މިޔުޒިކް އަޑުއަހަން ބޭނުންވާ މީހެއް ނޫނެވެ. ގޭގައިވެސް މިޔުޒިކް އަޑެއް ނުއަހަމެވެ. ވަލީމާއަކަށް ދަޢުވަތު ލިބިއްޖެނަމަ ދިއުމަކީ އަނެއް އަޚާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤަކަށްވާތީ އެ ޙައްޤު އަދާކުރަމެވެ. އެކަމަކު ބައެއް ހަފްލާތަކުގައި މިޔުޒިކް ޖަހާފައި ހުންނާތީ ނުހުރެ ދަނީއެވެ. 

އަޅުގަނޑުގެ ސުވާލަކީ މިޔުޒިކް ޖަހާފައި ހުންނަ ހަފްލާތަކުގައި ބައިވެރިވުން ހުއްދަވާނެތޯއެވެ؟ 

ކިޔުންތެރިޔާގެ ކަންބޮޑުވުމަސް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ. 

އަހަރެންނަށް ލިބުނު ދައުވަތަކަށް ކައިވެނީގެ ޙަފްލާއަކަށް ދިއައިމެވެ. އެއީ ހަފްލާ ބާއްވާނީ ދެޖިންސަށް ވަކިން ކަމަށް ބުނުމުންނެވެ. ނަމަވެސް ދެވުނު އިރު ހަފްލާ އިންތިޒާމްކޮށްފައި އޮތީ ދެ ޖިންސް މަސްހުނިވާ ގޮތަށެވެ. 

އެތަން ފެނުމުން ދެމަފިރިންގެ ގާތަށް ގޮސް ހެޔޮ ދުޢާކޮށްފައި އަހަރެން ހަފްލާއިން ވަކިވެގެން ދިއައީއެވެ. އަދި އެކަން އެގޮތަށް ކުރި ސަބަބު ވެސް ކިޔައިދީފައެވެ. 

ދެ ޖިންސް މަސްހުނިކޮށް ބާއްވާ ހަފްލާތަކަށް ދިއުން ރަނގަޅެއް ނޫނެވެ. އެކަން ހުއްދައެއްވެސް ނޫނެވެ. އަދި އެހަފްލާއެއްގައި މިޔުޒިކް ކުޅެ، މަސްތުވާ އެއްވެސް ބާވަތެއް ބޭނުންކުރާނަމަ އެފަދަ ތަނެއްގައި އެންމެ އިރުކޮޅަކުވެސް ހުރެގެން ނުވާނެއެވެ. 

އެކުވެރިންގެ ތެރޭގައި ހުރިހާ ދީނެއްގެ މީހުން ތިބޭއިރު އެހެން ދީނެއްގެ މީހެއްގެ ކިބައިން ލިބޭ ދައުވަތަކަށް ދެވިއްޖެނަމަ އެމީހުންގެ ދީނަށް އެމީހުން އުޅެން ދޫކޮށްލާށެވެ! ރިވެތި ގޮތުގައި އެތަނުން ނުކުމެގެންދިއުމުން ނިމުނީއެވެ. 

އަދި މުސްލިމުންގެ ތެރޭގައި އުޅޭ މިފަދަ ކަންކަމަށް ލޯބިކުރާ މީހުންގެ ޙަފްލާތަކަށް ދެވުނު ނަމަވެސް ޢަމަލުކުރަންވާނީ ހަމަ މިގޮތަށެވެ. މުސްލިމުންގެ ގޮތަކަށްވާންޖެހޭނީ ކޮންމެ ވަގުތަކުވެސް އަދި ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާގެ މަގުގައި ސާބިތުވުމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން