ހަދާފައިވާ ސިހުރެއް ފެނިއްޖެ ނަމަ ނައްތާލަންވީގޮތް- ސުންނަތުން: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ހަދާފައިވާ ސިހުރެއް ފެނިއްޖެ ނަމަ ނައްތާލަންވީގޮތް- ސުންނަތުން: މުފްތީ މެންކް

ސިޙުރު ހެދުމަކީ ކިތަންމެ ބޮޑު ޙަރާމްކަމެއް ނަމަވެސް އެކަންކުރާ ބައަކު އަބަދުވެސް އުޅެއެވެ. އެކަމުގެ އުނދަގޫތައް ގިނަބައަކަށް ފޯރައެވެ. 

ހަދާފައިވާ ސިހުރެއް ފެނިއްޖެނަމަ އެއިގައި އަތްލަން ބައެއް މީހުން ބިރުގަނެއެވެ. އަދި ނައްތައިލަން ޢަމަލުކުރާނެ ގޮތަކާއިމެދުގައިވެސް ބިރުގަނެއެވެ. އެއީ އެއިން ނުވަތަ އެކަމުން ތިމާއަށް އިތުރު ގެއްލުންތަކެއް ލިބިދާނެތީއެވެ. 

މިއީ ބިރުގަންނަން ޖެހޭ ކަމެއް ނޫނެވެ. އެފަދަ އެއްޗެއް ފެނިއްޖެނަމަ ޢަމަލުކުރަން އޮތް ގޮތް ސުންނަތުން އޮތީ ފެންނާށެވެ. އެއީ "އަލްފަލަޤް" އަދި އައްނާސް" ސޫރަތް ކިޔަވަމުން އެއްޗެއްގައި އަތްލައި އެއްޗެއް ނައްތައިލުމެވެ. 

ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ އަށް ސިހުރު ހަދައި ޖަހާފައިވާ 11 ގޮށް މޮއްސަވައިލެއްވެވިއިރު ކޮންމެ ގޮށެއް މޮއްސަވައިލައްވަވަމުން ވިދާޅުވީ އެދެ ސޫރަތުގައިވާ އާޔަތެކެވެ. ވީމާ މިއޮތީ އެފަދަ ތަކެއްޗާއިމެދު ޢަމަލުކުރަންވީ ގޮތް ވަރަށް ރަނގަޅަށް ފެންނާށެވެ!

މީސްތަކުންނޭވެ! ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު މި 11 އާޔަތް ކިޔަވާށެވެ! ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގަނެގެން ހުންނާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އެއްވެސް މީހަކަށް ރައްކައުތެރިކަމެއް ނުލިބޭނެއެވެ. އަދި އެކަލާނގެ ރައްކައުތެރިކަން ދެއްވަވައިފި އަޅަކަށް އެއްވެސް ގެއްލުމެއްވެސް ނުދެވޭނެއެވެ. މާނައަކީ އެކަމަކުން އެމީހަކު ސަލާމަތްކުރައްވަވާނެތެވެ! އިން ޝާ ﷲ  

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން