ކައިވެނި ދަމަހައްޓަން ބޭނުންވާނަމަ މިމީހާ މިބުނަނީ އެއްވެސް ދެމަފިރިއަކު އަޅާނުލައި ދޫކޮށްލައިގެންވާނެ ވާހަކައެއް ނޫނެވެ.!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ކައިވެނި ދަމަހައްޓަން ބޭނުންވާނަމަ މިމީހާ މިބުނަނީ އެއްވެސް ދެމަފިރިއަކު އަޅާނުލައި ދޫކޮށްލައިގެންވާނެ ވާހަކައެއް ނޫނެވެ.!

"އަހުރެން އަބަދުވެސް އެންމެ ލޯބިވާ އަނބިމީހާއަށް!

ފާއިތުއިތުވި އަހަރަށް ބަލައިފިނަމަ އަހަރުގެ ކޮންމެ ދުވަހަކަށް އެއް ފަހަރު (365 ފަހަރު) ތިބާއާއިއެކު އެއްދާންކުރަން މަސައްކަތްކުރީމެވެ. އަހުރެންނަށް އެކަން ކާމިޔާބުކުރެވުނީ 36 ފަހަރުއެވެ. އެއިގެ މާނައަކީ ކާމިޔާބުކުރެވުނީ ކޮންމެ 10 ފަހަރަކުން އެއްފަހަރުކަމެވެ. 

މިބަޔާންކުރަނީ ތިބާ ދެއްކި ސަބަބުތަކެވެ. ވަރަށް ހޫނު ގަދަ، މާފިނި، މިއުޅެނީ ނިދަން، މޫޑެއް ނެތް، ހަމައެކަނި އެއީތަ ކަލޭ ބޭނުންވާ ކަމަކީ، މާބޮޑަށް ވަރުބަލިވެފަ، މާލަސްވެއްޖެ، މާއަވަސް، އަދި މިނޫންވެސް ކޫސަނި ސަބަބުތަކެވެ." 

މިއީ ފިރިހެނަކު ދައްކާފައިވާ ވާހަކައެކެވެ. ދެން ބަލައިލަންވީ ފިރިމީހާގެ ކިބައިން މިފަދަ މައްލަތައް ކުރިމަތިވެފައި ތިބޭނެ އަނބިންގެ ޢަދަދަށެވެ. ހަމަޤައިމުވެސް މަދެއް ނުވާނެއެވެ. ދެން ނިކަން ބުނެބަލާށެވެ! ޙައްލަކީ ކޮބައިހެއްޔެވެ؟ 

ދެމަފިރިންގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އެދެމަފިރިއަކަށެވެ. މައްސަލަ ނުޖެހި ދެމީހުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްވެސް އެނގޭނީ އެދެމަފިރިއަކަށެވެ. ވީމާ ދެމަފިރިން އެކުގައި މަޝްވަރާކުރާށެވެ! މިފަދަ މައްސަލަތައް ކުރިމަތިނުވާނެ ގޮތަށް ކަންކަން ރާވައިގެން ކުރިއަށްގެންދާށެވެ.   

އަހުރެންވެސް އެއްބަހެވެ. ޒަވާޖީ ޙަޔާތުގެ އެންމެ ބޮޑު ބޭނުމަކީ އެއްދާން ކުރުން ނޫންކަމަށް އެއްބަސްވަމެވެ. ހަމައެފަދައިން ޤަބޫލުކުރަންޖެހޭނެ ކަމަކީ ޞިއްޙަތު ސަލާމަތުން ހުރިނަމަ އެއްދާންކުރުމާއި ނުލައި ޒަވާޖީ ހަޔާތް ކުރިއަށް ނުގެންދެވޭނެކަމެވެ. 

އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. ދެމީހުން ރާވައިގެން އެއްބަސްވާ ތާވަލެއްގެދަށުން ނަމަވެސް ދެމަފިރިން އެއްދާންކުރުމުގެ ކަންކަން ކުރިއަށްގެންދާނަމަ ޒަވާޖީ ޙަޔާތް ދުޅަހެޔޮކަންމަތީގައި ދެމިއޮންނާނެއެވެ. އެއީ އެކަމަށް އޮންނަ ވަރަށް ބޮޑުބާރެކެވެ. 

މިއީ ދީނީ ވާހަކަތަކެއް ނޫންކަމަކަށް ނުވާނެއެވެ. ސަބަބަކީ ކައިވެނި އުފަލުގައި ދެމެހެއްޓުމަކީ އަޅުކަންކުރަން ހިތްވަރުލިބޭ ކަމެކެވެ. އެއީ ވިސްނަންޖެހޭ ކަންކަން މަދުވުމުންނެވެ. ﷲ ތަޢާލާ އާއިމެދު ވިސްނަން ލިބޭ ވަޤުތު ގިނަވާނެ ކަމެކެވެ. ޢާއިލީ ހަމަޖެހުމަކީ ދީންވެރިކަމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއްވެސްމެއެވެ. 

އަހުރެން އެދެނީ މައްސަލަ ނުޖެހި ލޯބިން އެކުގައި ދިރިއުޅެމުން އައުދެވޭކަމަށްވީނަމަވެސް، ވަކިން ޚާއްޞަކޮށް ދިރިއުޅުމުގައި މިފަދަ މައްސަލަތައް ހުރިހަމަވެސް ކޮންމެ ދެމަފިރިއަކުވެސް އެކަކު އަނެކަކަށް އަހުރެންގެ މި ނަޞޭޙަތް ޙިއްޞާކޮށްލައި ހޭލުންތެރިވާން މަސައްކަތްކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

 

މިއަދު އޮންލައިން