އެދޭ ކަންތައް ޙާޞިލުނުވެ ލަސްވިނަމަވެސް ޙާޞިލު ނުކުރެވޭނެކަމަށް ބުނުމަކީ ޙާޞިލުވުމަށް ހުރަސްއެޅޭ ސަބަބެއް! އެފަދަ ބަހެއް ނުބުނާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އެދޭ ކަންތައް ޙާޞިލުނުވެ ލަސްވިނަމަވެސް ޙާޞިލު ނުކުރެވޭނެކަމަށް ބުނުމަކީ ޙާޞިލުވުމަށް ހުރަސްއެޅޭ ސަބަބެއް! އެފަދަ ބަހެއް ނުބުނާތި!

ގިނަބައަކަށް ހިތްހަމަޖެހުން ނުލިބޭ އެންމެ ބޮޑު އެއްސަބަބަކީ އެހެން މީހުންނަށް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށް ވިސްނޭތީއެވެ. ހަމައެކަނި ވިސްނެނީއެއްވެސް ނޫނެވެ. ލިބޭ މާޔޫސްކަން ބޮޑުކަމުން "ތިމަންނާއަށް ދުވަހަކުވެސް މިވެނިކަމެއް ނުވާނެ، މިވެނި އެއްޗެއް ނުލިބޭނެ" ފަދަ ބަސްތައްވެސް އެބަ ބުނެއެވެ. 

މިފަދައިން ބުނާ މީހަކަށް އެގޮތަށް ދިމާވުންވެސް އޮންނަނީ ވަރަށް ގާތުގައެވެ. މިބުނީ ޙާޞިލްކުރަން ބޭނުންވެގެން އުޅޭ ކަންތައް ޙާޞިލުނުކުރެވުން ނުވަތަ ހޯދަން ބޭނުންވެގެން އުޅޭ އެއްޗެއް ނުލިބުން ފަދަ ގޮތްތައް މެދުވެރިވާ ވާހަކައެވެ. އެގޮތަށް އެކަންވުމަށް (ނުލިބުމަށް) މެދުވެރިވާ ސަބަބަކީ އެމީހަކަށް ބުނެވުނު ނުބައިބަސްތައް ކަމުގައި އޮންނަނީވެފައެވެ.

ފުރަތަމަ ކަމަކަށް އެހެން މީހުންނަށް ދެއްވަވާފައިވާ ނިޢުމްތައް ބަލައި ފިކުރުނުކުރާށެވެ! އޭނާއަށް އެ ނިޢުމަތްތައް ދެއްވެވީވެސް އަދި ތިބާއަށް ނުދެއްވެވީވެސް އެންމެހައި ނިޢުމަތްތަކުގެ ވެރި ﷲ ތަޢާލާ އެވެ. ﷲ ތަޢާލާ ދެއްވަވާ އެއްޗެއް އެކަލާނގެ ދެއްވަވާނެ އަޅަކަށް ދެއްވެވުމުން އެކަމާއި އެހެން މީހަކަށް ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟ 

ތިބާޢަށް ބޭނުންވާ ކަންކަން މިންވަރުކޮށްދެއްވެވުމަށް އެދި ދުޢާކުރާށެވެ! އެއްވެސް މީހަކަށް ޙަސަދަވެރިނުވާށެވެ! ޙަސަދަވެރިން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ގެއްލިއްޖެނަމަ އެތައް ކަމަކުން ހުރަސްތައް ކުރިމަތިވާނެއެވެ. ޙަޤީޤީ އުފާވެރިކަމެއްވެސް ނުލިބޭނެއެވެ. 

ދެން ވިސްނައިލަންވީ ކޮންމެކަމެއްވެސް ޙާޞިލްކޮށްދެއްވަވަނީ ﷲ ތަޢާލާ ކަމާއި އެކަން މިންވަރުކުރައްވަވާނީ އެކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަޤުތުޖެހުމުން ކަމެވެ. ވީމާ އެއްވެސް ކަމެއް ތިމާ އެދޭ ގޮތަށް، އެދޭވަޤުތު ޙާޞިލްނުކުރެވުމުން އެކަން ތިމާއަށް ޙާޞިލްނުކުރެވުނީ ކަމަށް ނުވަތަ ނުކުރެވޭނެ ކަމަށް ނިންމައިގެން ނުވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން