ދުލުން ޝަހާދަތް ނުކިޔުނު ނަމަވެސް މަރުވުމުގެ ކުރިން އިސްލާމްވި މުސްކުޅި އަންހެނެއްގެ ޥާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދުލުން ޝަހާދަތް ނުކިޔުނު ނަމަވެސް މަރުވުމުގެ ކުރިން އިސްލާމްވި މުސްކުޅި އަންހެނެއްގެ ޥާހަކަ-

ފުރަތަމަ މިވާހަކަ އަޑުއަހާށެވެ! 

އަހުރެން އިސްލާމްވީންސުރެ މާމައެއް ނުދެކެމެވެ. ބައްދަލެއް ނުވެއެވެ. އެއީ މާމައާއި ބައްދަލުކޮށްފިނަމަ ކްރިސްޓިއަން ދީނުގެ ވާހަކަދައްކާނެތީ އެއަޑުނުއަހަންވެގެން އަހުރެން އެގެއަށް ނުދާތީއެވެ. 

އެހެން ހުއްޓައި މާމަގެ ޢުމުރުން 85 ވަނަ އަހަރު މަންމަ ބުނެގެން މަންމައާއިއެކު މާމަގެ ގާތަށް ދިއައިމެވެ. އެއިރު މާމަ އޮތީ ވަރަށް ބަލިޙާލުގައެވެ. އެޙާލުގައި އޮވެގެންވެސް އަހުރެންނާއި ވާހަކަދައްކަން މަސައްކަތް ކުރަން އުޅެން ފެށުމުން ބުނީމެވެ. "މާމަ މަޑުން އޮންނާށެވެ. ތިއޮތީ ވަރަށް ވަރުބަލިވެފައެވެ." އެއީ މާމަ ފަހަރެއްގައިވެސް ދައްކައިފާނެ ޝިރުކުގެ ވާހަކަތައް އަޑުއަހައި ފާފަވެރިިނުވަންވެގެންނެވެ. މާމައަށް ވާހަކަ ނުދެއްކޭކަންވެސް ނުއެނގޭތީއެވެ. 

ދެން މާމަބުނީ އަހުރެން ވާހަކަ ދެއްކުމަށެވެ. އަހުރެން ވާހަކަދައްކަން ފެށީމެވެ. އިސްލާމްދީނުގެ މަތިވެރިކަމާއި އެންމެ ފުރިހަމަ ދީނަކީ އިސްލާމްދީންކަން ބަޔާންކޮށްދިނުމުން އަހުރެން ދެއްކި ވާހަކަތައް ޤަބޫލުކުރިކަމަށް ބޮލުން އިޝާރާތްކުރިއެވެ. އެހިސާބުން އިސްލާމްވުމަށް ދަޢުވަތުދިނުމުން ޤަބޫލުކުރިކަމަށް ބޮލުން އިޝާރާތް ކުރިއެވެ. 

އަހުރެން މާމަ ލައްވައި ޝަހާދަތް ކިޔުއްވަން މަސައްކަތްކުރީމެވެ. އެކަމަކު ނުކިޔުނެވެ. އެހިސާބުން އަހުރެން މާމައަށް ޝަހާދަތްލައިދީފައި އެއްބަސްވުމުގެ ގޮތުން އަހުރެންގެ އަތަށް ފިއްތާލަން ބުނީމެވެ. މާމައަށް އެކަންކުރެވުނެވެ. 

މާމަގެ މޫނުން ހިނިތުންވުން ފެނުނެވެ. މޫނުމަތި އަލިވެގެންދިއައެވެ. އެކަމަކު ދޮޅިފުރާ ނޭވާލާފައި ނިޔާވީއެވެ. އަހުރެން އުންމީދުކުރަނީ މާމައަށް ސުވަރުގެ ދެއްވަވާނެކަމަށެވެ. އިން ޝާ ﷲ 

މިވާހަކައަކީ މީހަކު އަހުރެންނަށް ފޮނުވި ވާހަކައެކެވެ. ލިބިގެންދާ ފިލާވަޅުތައް ގިނަކަމުން ތަކުރާރުކޮށް އެތައް ފަހަރަކު މިވާހަކަކީމެވެ. އަހުރެންވެސް ދުޢާކުރަނީ އޭނާއަށް ސުވަރުގެ ދެއްވެވުން އެދިގެންނެވެ. 

އަހުރެންގެ އިލްތިމާސަކީ ކިތަންމެ ހަނިދާއިރާއަކުން ފުރުޞަތު ލިބުނަސް އިސްލާމްދީނަށް ދަޢުވަތު ދިނުމެވެ. އަދި އަޅުކަންކުރުމުގައި ބަލިކަށި މީހުންނަށް ހިތްވަރުދިނުމެވެ. ޢުމުރަށްވެސް ނުބަލާށެވެ! ވަކި ޢުމެއްވެގެން އިޞްލާޙްނުވާނެ ކަމަށްވެސް ހީނުކުރާށެވެ! ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅަކަށް ތެދުމަގު ދައްކަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން