ސުވަރުގެ ޙައްޤުވާ މީހުންގެ މިލިސްޓުން ތިބާ ބާކީވިއަ ނުދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ސުވަރުގެ ޙައްޤުވާ މީހުންގެ މިލިސްޓުން ތިބާ ބާކީވިއަ ނުދޭށެވެ!

ސުވަރުގެ ދެއްވަވާނެ މީހުންނަކީ ކޮބައިކަން މިއާޔަތުން އެކަނިވެސް މިއޮތީ ވަރަށް ސާފުކޮށް އެނގޭށެވެ. ސުވަރުގެ ހޯދަން ކުރަންވީ ޢަމަލުތައްވެސް މިއޮތީ އެނގޭށެވެ. އެއީ އެއްވެސް މުސްލިމަކަށް ކުރަން އުނދަގޫ ކަންކަމެއް ނޫނެވެ. އޮތީ ހިތްވަރެއް ލައިގެން އެކަންކަން ކުރުމެވެ. 

-- މުސްލިމު ފިރިހެނުންނާއި، މުސްލިމު އަންހެނުން،

-- މުއުމިނު ފިރިހެނުން، މުއުމިނު އަންހެނުން،

-- ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުން،

-- ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުން،

-- ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުން،

-- ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުން،

-- ޞަދަޤާތް ދޭ ފިރިހެނުންނާއި، ޞަދަޤާތް ދޭ އަންހެނުން،

-- ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުން،

-- އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ ފަރުޖުތައް) ރައްކާތެރިކުރާ އަންހެނުން،

-- ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރު ކުރާ ފިރިހެނުންނާއި، ޛިކުރު ކުރާ އަންހެނުން 

އެމީހުންނަށް އޮތް ބޮޑު އިނާމު: "އެ އެންމެންނަށްޓަކައި ﷲ ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ." 

"ހަމަކަށަވަރުން، މުސްލިމު ފިރިހެނުންނާއި، މުސްލިމު އަންހެނުންނާއި، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، ޞަދަޤާތް ދޭ ފިރިހެނުންނާއި، ޞަދަޤާތް ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ ފަރުޖުތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރު ކުރާ ފިރިހެނުންނާއި، ޛިކުރު ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި ﷲ ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ."

(އަލް އަޙްޒާބް: 35)

މިއަދު އޮންލައިން