ވުޟޫކުރާއިރު ތަރުތީބު އޮޅިއްޖެކަމަށް ޝައްކުވެއްޖެ ނަމަ ކަންތައް ކުރާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
ވުޟޫކުރާއިރު ތަރުތީބު އޮޅިއްޖެކަމަށް ޝައްކުވެއްޖެ ނަމަ ކަންތައް ކުރާނީ ކިހިނެއް؟

ވުޟޫކުރާއިރު ގުނަވަންތަކުގައި ފެންޖައްސަންވާނީ ތަރުތީބުންނެވެ. ތަރުތީބު އޮޅިއްޖެކަމަށް ޝައްކުވެއްޖެނަމަ އެންމެފަހުން ފެންލެވުނުކަން ޔަޤީންކުރެވޭ، ގުނަވަނުން ފެން ފެންނަންހުރި ގުނަވަނާއިހަމައިން ފަށާށެވެ!

ކޮންމެ ގުނަވަނެއްގައި ފެންލާއިރުވެސް ވީހައި ރަނގަޅަކަށް ފެންޖައްސަންވާނެއެވެ. އަވަސްއަރުވާލައިގެން ފެންލާން އުޅެން ހަދައިގެން ގުނަވަނުން ބައެއްގައި ފެން ނުޖުއްސި ހުރެއްޖެނަމަ ވުޟޫ ޞައްޙައެއް ނުވާނެއެވެ.

އަތާއި ފައަށް ފެންލާއިރު ދެ އިނގިލި ދޭތެރޭގައި އަތްހިންގައި ފެންޖެހުނުކަން ކަށްވަރުކުރަންވާނެއެވެ.

----ޝައިޚް ޢާޞީމް އަލް-ޙަކީމް

މިއަދު އޮންލައިން