މި 6 ކަންތަކުގަ ސާބިތުވެލާށެވެ! އެންމެ ކާމިޔާބު މީހަކު ކަމުގައި ވެވޭނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
މި 6 ކަންތަކުގަ ސާބިތުވެލާށެވެ! އެންމެ ކާމިޔާބު މީހަކު ކަމުގައި ވެވޭނެއެވެ! އިން ޝާ ﷲ

ކޮންމެ މީހަކު ވެސް މީހަކުވެސް ބޭނުންވާނީ ތިމާއަކީ އެންމެ ކާމިޔާބު މީހަކު ކަމުގައިވުމަށެވެ. ދުނިޔެއާއި އާޚިރަތް ޙާޞިލުކުރެވޭނެ މީހަކު ކަމުގައި ވުމަށެވެ.

އެންމެ ކާމިޔާބު މީހަކަށްވުމަށް އެދޭމީހާ 6 ކަމެއްގައި ސާބިތުވާންވާނެއެވެ.

1 ޝިރުކު ނުކުރުން،

2 ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް އިޚްލާޞްތެރިވުން،

3 އެކަމަކީ ހުއްދަ ކަމެއްކަން ޝައްކުވާ އެއްވެސް ކަމެއް ނުކުރުން،

4 ކީރިތި ޤުރްއާނަށާއި ރަސޫލް ﷺ ގެ ސުންނަތަށް ފުރިހަމައަށް ޢަމަލުކުރުން

5 ކޮންމެ ކަމެއްގައިވެސް ރިވެތި އަޚްލާޤް ކުރިއަށް ނެރުން،

6 ޝައިޠޯނާގެ ވަސްވާސްތަކަށް ސަމާލުކަންދީ ކިތަންމެ ކުޑަކަމެއްގައިވެސް ޝައިޠޯނާގެ ބަހަށް ދީލައިނުލުން

މި 6 ކަންތަކުގައި ސާބިތުވެ ހުރެއްޖެ މީހަކަށް މާތް ﷲ ދުނިޔެއާއި އާޚިރަތްވެސް ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން