އިސްލާމް ދީނުގަ ހުރި ރަނގަޅު ސިފަތައް ފެނި ދުނިޔޭގަ ރަނގަޅު ގޮތުގަ އުޅެން ބޭނުންވެގެން އިސްލާމްވި އަންހެނެއްގެ ބަސް- މުސްލިމުންނަށް ވަރަށް މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އިސްލާމް ދީނުގަ ހުރި ރަނގަޅު ސިފަތައް ފެނި ދުނިޔޭގަ ރަނގަޅު ގޮތުގަ އުޅެން ބޭނުންވެގެން އިސްލާމްވި އަންހެނެއްގެ ބަސް- މުސްލިމުންނަށް ވަރަށް މުހިންމު!

"އަހުރެން އިސްލާމްވާން މަސައްކަތްކުރަމުން އައި ދުވަސްވަރު ވަރަށް ގިނަ ބައަކު އެކަމަށް ފާޑުކިޔައި ބިރުދައްކައިވެސް ހެދިއެވެ. އެކަމަކު އަހަރެންގެ ބައްޕަ (މުސްލިމެއް ނޫން) ވަރަށް ހިތްވަރު ދިނެވެ. ބުނީ ދަރިފުޅަށް ދުނިޔޭގައި ރަނގަޅަށް އުޅެވެން އޮތީ އިސްލާމް ދީނުގައިކަމަސްވާނަމަ އިސްލާމްވުމަށް. އެކަމުގަ ކުރިއަށް ދާން.

އަހަރެން އިސްލާމްވީ ދުނިޔޭގައި ރަނގަޅަށް އުޅެވެން އޮތީ އިސްލާމްދީނުގައި ހުރެގެން ކަމަށް ޔަޤީންކުރެވިގެން. އެހެންވެ އިސްލާމްވުމަށްފަހު މިހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން. އުފަލުގަ."  

މިއީ އަލަށް އިސްލާމްވި އެމެރިކާގެ އަންހެނަކު ބުނެފައިވާ ބަސްކޮޅެކެވެ. ކޮންމެ މުސްލިމަކަށްވެސް ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. ސަބަބަކީ މުސްލިމަކަށްވުމުގެ ބޭނުމަކީ ދުނިޔޭގައި ރަނގަޅަށް އުޅުންކަމަށް އޭނާ އެބުނާ ބަހަކީ ވަރަށް ބޮޑު ތެދަކަސްވާތީއެވެ.  

އިސްލާމެއްކަމުގެ ހިތްހަމަޖެހުން އެމީހަކަށް ލިބޭނީވެސް، އެކަމުން ފައިދާކުރާނީވެސް ދުނިޔޭގައި ރަނގަޅަށް އުޅެވިގެން ކަމަށްވާތީއެވެ. ޤިޔާމަތް ދުވަހު ކާމިޔާބާއި އުފާލިބެން އޮތީވެސް ރަނގަޅަށް ދުނިޔޭގައި އުޅެވިގެންކަމަށްވާތީއެވެ. 

އިސްލާމް ދީން ދަސްކޮށްދެނީ ރަނގަޅު ގޮތްތަކެވެ. ރިވެތި އަޚްލާޤެވެ. ﷲ ތަޢާލާ އެއްކައުވަންތަކުރުމާއި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ. މިސިފަތައް މީހެއްގެ ކިބައިގައި ހަރުލެއްވެވިއްޖެނަމަ އެމީހަކަށް ދެދުނިޔޭގައި ވެސް އޮތީ އުފާވެރިކަމެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން