އަޢްރާފް ސޫރަތުގައިވާ ނަބީ ބޭކަލުންގެ ވާހަކަ

ކިޔުމަށް ހޭދަވާނީ 7މ 47ސ
އަޢްރާފް ސޫރަތުގައިވާ ނަބީ ބޭކަލުންގެ ވާހަކަ

ޢާއިޝަތު ރަފާޙް ޢަލީ

 

އަޢްރާފް ސޫރަތަކީ މުޞްހަފުގެ ތަރުތީބަށް ބަލާއިރު 7 ވަނަ ސޫރަތެވެ. މިއީ މައްކީ ސޫރަތެކެވެ. މި ސޫރަތުގައި ވަރަށް ގިނަ ވާހަކަތައް ބަޔާންވެފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ އުއްމަތްތަކުގެ ވާހަކައާއި ނަބީ ބޭކަލުންގެ ވާހަކަތައް ހިމެނެއެވެ. އެހެންކަމުން މި ލިޔުމުގައި މިބަޔާން ކޮށްލަނީ މި ސޫރަތުގައި ހިމެނޭ ނަބީ ބޭކަލުންގެ ވާހަކަތަކެވެ. 

·       ނޫހުގެފާނުގެ ވާހަކަ: ނޫޙް ޢަލައިހިއްސަލާމް އަކީ ނަބިއްޔާ އާދަމް ޢަލައިހިއްސަލާމަށް ފަހު ވަޑައިގަތް ނަބިއްޔާއެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ﷲ ތަޢާލާއަށް އަޅުކަން ކޮށް،ބުދުތަކަށް އަޅުކަން ކުރުން  ދޫކޮށްލުމަށް ދަޢުވަތު ދެއްވިއެވެ. އަދި އެކަލޭގެފާނުގެ ދަޢުވަތަޢް އެބައިމީހުން އިޖާބަ ނުދީފިނަމަ އެމީހުންނަށްޓަކައި ބޮޑުވެގެންވާ އަޛާބެއް އަންނާނެ ކަމުގެ އިންޛާރު ދެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ޤައުމުގެ ބޮޑެތި މީހުންނާއި އެމީހުންގެ ވެރިން އެކަލޭގެފާނުގެ ދަޢުވަތައް އިންކާރު ކުރިއެވެ. ދެން ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ޢަޖާބު ފޮނުއްވިއެވެ. 

ﷲ ތަޢާލާ އެވާހަކަތައް އަޢްރާފް ސޫރަތުގެ 59 އަދި 60 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ﴿٥٩﴾‏ قَالَ الْمَلَأُ مِن قَوْمِهِ إِنَّا لَنَرَاكَ فِي ضَلَالٍ مُّبِينٍ ﴿٦٠﴾‏

މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހުރެން ބިރުގަނެއެވެ. (59) އެކަލޭގެފާނުގެ قوم ގެބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، އަހުރެމެންނަށް ފެންނަނީ، ފާޅުވެގެންވާ ފުރެދުމެއްގައި ކަލޭގެފާނު ވާތީއެވެ. (60)" 

·       ހޫދު ޢަލައިހިއްސަލާމް: ހޫދު ޢަލައިހިއްސަލާމް ވަޑައިގަތީ ނޫޙް ޢަލައިހިއްސަލާމްގެ ފަހުގައެވެ. އަދި ހޫދުގެފާނުގެ ޤައުމުގެ މީހުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރުމަށާއި، ބުދުތަކަށް އަޅުކަންކުރުން ދޫކޮށްލުމަށް ގޮވާލެއްވިއެވެ. ނަަމަވެސް އެޤައުމުގެ މީހުން އެކަން އިންކާރުކުރިއެވެ. ދެން ﷲ ތަޢާލާ އެމީހުންނަށް ގަދަ ވައިރޯޅިއެއް ފޮނުއްވިއެވެ. އަދި ހޫދު ޢަލައިހިއްސަލާމް އާއި އެކަލޭގެފާނަށް އީމާންވި ކޮންމެ މީހަކު ސަލާމަތް ކުރެއްވިއެވެ. 

ﷲ ތަޢާލާ އަޢްރާފް 65 އަދި 66 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَإِلَىٰ عَادٍ أَخَاهُمْ هُودًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۚ أَفَلَا تَتَّقُونَ ﴿٦٥﴾‏ قَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ إِنَّا لَنَرَاكَ فِي سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ الْكَاذِبِينَ ﴿٦٦﴾‏

މާނައީ: "އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، هود ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟ (65) އެކަލޭގެފާނުގެ قوم ގެމީހުންކުރެ كافر ވި ބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުވަނީ، މޮޔަކަމެއްގެތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ، ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ. (66)" 

·       ޞާލިޙް ޢަލައިހިއްސަލާމް:ﷲ ސުބްހާނަހޫ ވަތަޢާލާ ޞާލިޙް ޢަލައިހިއްސަލާމް ޡަމޫދަށް ފޮނުއްވިއެވެ. ﷲ ތަޢާލާއަށް އަޅުކަން ކުރުމަށް ގޮވާލެއްވުމުން އެބައިމީހުން އިންކާރު ކުރިއެވެ. 

ﷲ ތަޢާލާ އަޢްރާފް ސޫރަތުގެ 73 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ هَٰذِهِ نَاقَةُ اللَّهِ لَكُمْ آيَةً ۖ فَذَرُوهَا تَأْكُلْ فِي أَرْضِ اللَّهِ ۖ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ ﴿٧٣﴾‏ 

މާނައީ: "އަދި ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالح ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ معجزة އެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. معجزة އެއްގެ ގޮތުން މިއޮތީ ތިޔަބައިމީހުންނަށްޓަކައި اللَّه ފޮނުއްވި ޖަމަލެވެ. ފަހެ، اللَّه ގެ ބިމުން އޭތި ކައިއުޅުމަށް ތިޔަބައިމީހުން ދޫކުރާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ! ފަހެ، (އެކަން ކޮށްފިނަމަ) ވޭންދެނިވި عذاب އެއް ތިޔަބައިމީހުންނަށް ލިބޭނެތެވެ. (73)"

މިއަދު އޮންލައިން