ކޮންމެ ދުވަހަކުވެސް ކުރަން ވާޖިބު ކަންކަން ނުކުރާ މީހުން ވިސްނާލަން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކޮންމެ ދުވަހަކުވެސް ކުރަން ވާޖިބު ކަންކަން ނުކުރާ މީހުން ވިސްނާލަން މުހިންމު ބައެއް ކަންކަން-

ބައެއް މީހުން އެމީހުންގެ ޢުމުރުން ބޮޑުބައެއް ހޭދަވެގެންދާއިރުވެސް އުޅެނީ ދީނުގެ ކަންކަން ދަސްކުރުމުގައެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. ކޮންމެހެން ކުރަންޖެހޭވެސް ކަމެކެވެ. އެކަމަކު ސުވާލަކީ ހަމައެކަނި އުނގެނުމުން ފުދޭނެ ހެއްޔެވެ؟ 

އިސްލާމް ދީނަކީ އުނގެނުމުން އެކަނި ފުދޭނެ ދީނެއް ނޫނެވެ. އިސްލާމް ދީން މިކިޔަނީ ބާލިޣްވުމަށްފަހު ކޮންމެ މީހަކުވެސް ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަންތައްތަކެއް ކުރުމަށެވެ. ކުރަންޖެހޭ ކަންތައްތަކަކަށެވެ. ޢަމަލީ ގޮތުން ކޮންމެ ދުވަހަކު ތަންފީޛްކުރަންޖެހޭ ކަންތައްތަކަކަށެވެ. އެކަމުގެ ދަލީލަކީ ނަމާދުނުކުރާނަމަ އެމީހަކު އެހުންނަނީ ދީނުން ބޭރުގައިކަމެވެ. އެތެރެއަށް ވަދެވޭނީވެސް އެތެރޭގައި ހުރެވޭނީވެސް ނަމާދުކުރާނަމައެވެ. 

ނަމާދުގެ އިތުރުންވެސް ކޮންމެ މުސްލިމަކުވެސް ކޮންމެ ދުވަހަކު ކުރަންޖެހޭ އެތައް ބައިވަރު ކަންތައް ތަކެއް އެބަހުއްޓެވެ. އެކަންކަން ނުކުރާނަމަ އެމީހާ ދީނުން ބޭރުނުވި ނަމަވެސް އެމީހާއަކީ ދީނަށް ޢަމަލުކުރާ މީހަކަށް ނުވާނެއެވެ. 

ވީމާ ދީން އުނގެނެން މަސައްކަތްކުރިނަމަވެސް ދީނަށް ޢަމަލުކުރާ މީހަކަށްވާން އެބަޖެހެއެވެ. ކޮންމެ ދުބަހަކު ކުރަންޖެހޭ ކަންކަން ކުރާމީހަކަށްވާން އެބަޖެހެއެވެ. ތިމާއަކީ ކިތަންމެ ބުރަކޮށް މަސައްކަތްކުރާ މީހަކުނަމަވެސްމެއެވެ. އަދި ކޮންމެ މަސައްކަތެއް ކުރާ މީހަކުނަމަވެސްމެއެވެ. 

އަދިވެސް ފާހަގަކޮށްލާނަމެވެ. ދީން އުނގެނި ދީނަށް ޢަމަލުނުކުރާނަމަ އެއީ އަދި މާގޯސްކަންބޮޑު ގޮތެކެވެ. އެހެނީ ކޮންމެ ދުވަހަކު ޢަމަލުކުރަން އަންގަވާފައިވާ ކަންކަން ރަނގަޅަށް އެނގިހުރެވެސް އެކަންކަން ނުކުރާތީއެވެ. 

ވީމާ އަހުރެންގެ ނަޞޭޙަތަކީ ކޮންމެ މީހަކުވެސް ދީނުގައިވާ މަގުން ކޮންމެ ދުވަހަކުވެސް އެމިހާ އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރާ މީހަކަށްވުމެވެ. ދިންނަވާނޭ ނަޞީބުވެރިއަކަށްވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން