ސަލާންޖެހި މީހަކަށް ޙައްޤު ނޫންބަހެއް ބުނެވިގެން ވަޤުތުން ކަރުއެލުވާލަންޖެހުނު އަހުރެންގެ އެކުވެރިޔާގެ ވާހަކަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ސަލާންޖެހި މީހަކަށް ޙައްޤު ނޫންބަހެއް ބުނެވިގެން ވަޤުތުން ކަރުއެލުވާލަންޖެހުނު އަހުރެންގެ އެކުވެރިޔާގެ ވާހަކަ!: މުފްތީ މެންކް

އެއްދުވަހު މަގުމަތިން ބައްދަލުވި މުސްކުޅި އަންހެނެކެވެ. އޭނާ އެދުނީ ކާނެއެއްޗަކަށެވެ. އަހުރެންގެ ގާތުގައި ހުރި އެކުވެރިޔާ އުޅުނީ ކާނެއެއްޗެއް ގަނެދޭށެވެ. އޭނާބުނީ ބޭނުންވަނީ ފައިސާކޮޅެއް ކަމަށެވެ. އެކުވެރިޔާ ވަގުތުން އޭނާ އާއިމެދު ގޮތް ނިންމައި ސުވާލުކުރީ ކަލޭކަނީ ފައިށާހެއްޔެވެ؟ 

އޭނާ ވަރަށް ދެރަވެފައި ބުނީ މިއުޅެނީ ތިމަންނާ ބަލަހައްޓާ މާމަ ދަރިފުޅަކަށް ދޭން ކިރުދަޅެއް ނުލިބިގެން ކަމަށެވެ. އެހެންވެ ސަލާން މިޖަހަނީ އެދަރިފުޅު ކާނެ އެއްޗަކަށް ކަމަށެވެ. އެހިސާބުން އެކުވެރިޔާގެ ކަރުދިއައީ އެލިގެންނެވެ. 

މިފަދަ ކަންކަން މެދުވެރިވަނީ މީހަކު ކަމަކު އެދުމުން އެމީހަކާއިމެދު މާއަވަހަށް ގޮތް ނިންމޭތީއެވެ. އެގޮތަށް އެކަން ނުކުރާށެވެ. ކަމެއް ބަލާނަމަ ރަނގަޅަށް ބަލާފައި ގޮތް ނިންމާށެވެ. 

ދަތިޙާލެއްގައި ހުރިމީހާކަށް އެހީތެރިވާނެ ކިތަންމެ ކުޑަ ފުރުޞަތެއް ލިބުނުނަމަވެސް ބޭނުން ނުހިފައި ދޫކޮށްނުލާށެވެ! ތިބާގެ އެހީތެރިކަމާއި ނުލައި އޭނާގެ ބޭނުން ފުއްދަވައިދެއްވަވަން ﷲ ތަޢާލާ ކުޅަދުންވަންތައެވެ. ތިބާއަށް އެފުރުޞަތު އެދެއްވެވީ އެކަމުން ތިބާއަށް ފައިޑާކުރާނެތީއެވެ. އެހީތެރިވުމުން ތިބާއަށް ގިނަގުނަ ޘަވާބު ދެއްވަވަންކަން ޔަޤީންކުރާށެވެ! 

އެއްބައަކަށް ތަނަވަސްކަން ދެއްވަވައި އަނެއް ބައަކަށް ތަނަވަސްކަން ނުދެއްވަވަނީ އެހެންވެގެންނެވެ. އެންމެންނަކީ ތަނަވަސް ބައަކު ކަމުގައި ލެއްވެވިނަމަ ދަތިޙާލުގައި ހުރި މީހަކަށް އެހީތެރިވުމުން ދެއްވަވަން އޮތް ޘަވާބު ލިބޭނެ ބައަކު ނުތިބޭނެތީކަމަށް ދެކޭށެވެ! 

މީހަކު އެހީތެރިކަމަށް އެދުމުން އޭނާގެ ވަނަވަރު ހޯދަން އުޅުމުގެ ބޭނުމެއް ނެތެވެ. ބަލަން އޮތް ހަމައެކަނި ކަމަކީ އޭނާއަށް ޖެހިފައިވާ ޙާލަތެވެ. އޭނާ ހުރީ ދަތިޙާލުގައިކަމަށްވާނަމަ އަވަހަށް އެހީތެރިވެދޭށެވެ. 

މީހަކު އެހީއަކަށް އެދުމުން އޭނާގެ ދަރިން ތިބިތޯ؟ ދަރިން އަޅައިނުލަނީ ކީއްވެގެންތޯވެސް އެބަ ބަލައެވެ. އޭނާގެ ދަރިން އޭނާއަށް އެހީތެރިވެ އޭނާގެ ކަންކަން ބަލަހައްޓައިދޭނަމަ ސަލާންޖަހާކަށް ނުޖެހޭނެއެވެ. 

ކޮންމެއަކަސް މީހަކަސް އެހީތެރިވުމުން ދެއްވަވާނެ މަތިވެރި ޘަވާބަކީ ކޮބައިކަން މިއާޔަތުން އެނގޭށެވެ. 

"އެކަމަށްޓަކައި އިސްރާއީލުގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. ނަފްސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފްސެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ ނަފްސު ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، ބަޔާން ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ ރަސޫލުން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަމީހުންނީ ބިމުގައި އިސްރާފު ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، ކާފިރުކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.)" 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން