ކީރިތި ޤުރްއާން އަންދައިފިނަމަ ޖަލަށްލާން އިސްލާމް ދީނާއި އެންމެ ދެކޮޅު ޤައުމުތަކުންވެސް ނިންމަން ކަނޑައަޅަން ފަށައިފިއެވެ.
މިގޮތުން ޑެންމާކުން ބުނެފައިވަނީ ކީރިތި ޤުރްއާނާއި އެނޫންވެސް ދީނީ ލިޔުންތައް (ފޮތްތައް) އަންދާ މީހުން ޖުރުމަނާކުރުމުގެ އިތުރުން 2 އަހަރު ދުވަހަށް ޖަލަލާން ޤާނޫނުގައި ކަނޑައަޅަން ރާވަމުން އަންނަ ކަމަށެވެ.
ޑެންމާކަކީވެސް އިސްލާމް ދީނާއި އެންމެ ދެކޮޅު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި އެމީހަކު ކުރަން ބޭނުންވާ ކަންކަން ކުރުމަކީ މިނިވަންކަން ކަމަށް ވަކާލާތުކުރަމުން އަންނަ ޤައުމެކެވެ. އެމީހަކު ބޭނުންވާ ގޮތަކަށް އުޅުމުގެ މިނިވަންކަން ދީފައިވާ ޤައުމެއްވެސްމެއެވެ.
ޑެންމާކުގެ އިތުރުންވެސް އިސްލާމް ދީނާއި އެންމެ ޢަދާވާތްތެރިކަން ބޮޑު ބައެއް ޤައުމުތަކުން މިފަދަ ފިޔަވަޅުތައް އަޅަން ތައްޔާރުވަމުން އަންނަކަން އަންނަނީ ފާހަގަކުރަމުންނެވެ.
ޤަބޫލުކުރަންޖެހޭ ކަމަކީ ﷲ ތަޢާލާގެ ދީން ނިކަމެތިކުރުމަކީ މީސްތަކުންނަށް ކުރެވޭނެ ކަމެއް ނޫންކަމެވެ. އެކަމަށް ކުރާ މަސައްކަތް ދާނީ ފޭލްވަމުން ކަމާއި ﷲ ތަޢާލާ، އެކަލާނގެ ދީން މަތިވެރިކުރައްވަވައި ނަޞްރު ދެއްވަވާނެ ކަމެވެ. އިން ޝާ ﷲ