ދިރިއުޅުމުގަ ކުރިމަތިވާ ކޮންމެ ތަކްލީފަކީވެސް ލައްވަވާ ރަޙްމަތެކެވެ! މާޔޫސްނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދިރިއުޅުމުގަ ކުރިމަތިވާ ކޮންމެ ތަކްލީފަކީވެސް ލައްވަވާ ރަޙްމަތެކެވެ! މާޔޫސްނުވާށެވެ!

އެއްވެސް މީހަކަށް ދިރިއުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ފަސޭހަ ދުވަސްތަކަށްވުރެ ދަތި އުނދަގޫ ދުވަސްތައް ގިނަވާނެއެވެ. އެއީ ޖްއްސަވާ ތަކްލީފެއް ނޫނެވެ. ލައްވަވާ ވަރަށް ބޮޑު ރަޙްމަތެކެވެ. ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށް ދެއްވަވާ ފުރުޞަތެކެވެ.  

ދިރިއުޅުމަކީ ދަތި އުނދަގޫ ކަމެކެވެ. ނަމަވެސް ﷲ ތަޢާލާ ފަސޭހަކަން މިންވަރުކުރައްވަވަތެވެ! ހީވެސް ނުކުރެވޭ ކަންކަން މެދުވެރިވެއެވެ! ކޮންމެ ދުވަހަކު އެތައް ބައިވަރު ނިޢުމަތްތައް މިންވަރުކުރައްވަވަތެވެ. ﷲ ތަޢާލާ މަގުދައްކަވަތެވެ!

ދިރިއުޅުމުގައި ގޮންޖެހުންތައް ކުރިމަތިވެއެވެ! ﷲ ތަޢާލާ އެކަންކަމުން ސަލާމަތްކަން ދެއްވަވަތެވެ! އެއްވެސް ތަކްލީފެއް އަބަދަކަށް ނުޖައްސަވަތެވެ. ހިނދުކޮޅަކަށްފަހު ލުއިކޮށް ދެއްވަވަތެވެ.

އަހުރެމެންނަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދިރިއުޅެން މަސައްކަތްކުރުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އިތުރުކުރާށެވެ! އެކަލާނގެ ރުހިވޮޑިގަތުން ލިބުމުން އެމީހަކު އަބަދުވެސް ހުންނާނީ އުފަލުންނެވެ. ދަތިޙާލުގައިވެސް އަދި ހިތްދަތިކަމުގައިވެސް އެމީހާ ހުންނާނީ އުފަލުންނެވެ. އިން ޝާ ﷲ 

ވިސްނައިލާށެވެ! ދުނިޔޭގެ އާބާދީ މިވަނީ 7 ބިލިއަނަށް އަރައިފައެވެ. އެކަމަކު ކޮންމެ މީހެއްގެ ހުރިހާ ކަންކަން ﷲ ތަޢާލާ ވަޤުތުން ބައްލަވައިވޮޑިގެންވެއެވެ. ދެކެދެނެވޮޑިގެންވެއެވެ. ވީމާ އަހުރެމެންނަށް އޮތީ އަމަލުތައް ސީދާކުރަން މަސައްކަތްކުރުމެވެ. އެއިރުން އެމީހަކަށް ޘާބިތުކަން ދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން