ﷲ ތަޢާލާ އެއްވެސް މީހަކަށް ބާރެއް ދެއްވެވުމުން އެމީހަކު ބޭނުންހައި ގޮތަކަށް ޢަމަލުނުކުރާށެވެ!: މިއާޔަތަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ﷲ ތަޢާލާ އެއްވެސް މީހަކަށް ބާރެއް ދެއްވެވުމުން އެމީހަކު ބޭނުންހައި ގޮތަކަށް ޢަމަލުނުކުރާށެވެ!: މިއާޔަތަށް ބިރުވެތިވާށެވެ!

މީސްތަކުންނޭވެ! ވެރިކަމުގެ ބާރު ދެއްވަވައިފިނަމަ އެއީ އެންމެ ބޮޑު ޒިންމާއެވެ. އެގޮތުން ޢާއިލާގެ ވެރިކަންވެސް އެއީ ހަމަވެރިކަމުގެ ބާރެވެ! ކޮންމެ ކަމެއްގައިނަމަވެސް އިސް މީހެއްގެ ދަރަޖަ ލިބިގެންދިއުމަކީ ވެރިކަމެކެވެ. ވެރިކަން ކިޔަނީ ހަމައެކަނި ޤައުމުގެ ވެރިކަމަކަށް ނޫނެވެ! 

ބޮޑުވެރިކަމަކަށް އެދޭ ނުވަތަ އުންމީދުކުރާ މީހާ، ތިމާއަށް ލިބިފައިވާ ކުޑަވެރިކަމުގައި އިޚްލާޞްތެރިވާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ﷲ ތަޢާލާ ދެއްވެވި ބާރުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! ﷲ ތަޢާލާގެ ރަޙްމަތަށް އުންމީދުކުރާށެވެ! 

ﷲ ތަޢާލާ ބާރު ދެއްވެވުމުން އެބާރުގެ ބޭނުން ހިތަށް އެރިހައި ގޮތަކަށް ހިފާ މީހުން ތިމާއަށް ޢަމަލުކުރެވޭ ގޮތާއިމެދު ފުންކޮށް ވިސްނައިލުން މުހިންމެވެ. ތިމާއަށް ބާރު ދެއްވެވި ﷲ ތަޢާލާއީ ކޮންމެ ވަގުތަކުވެސް ތިމާ ފުރަގަހަށް ވައްޓަވާލައްވަވައި ނިކަމެތި ކުރެއްވެވުމަށް ކުޅަދުންވަންތަ ކަލާނގެކަން ޤަބޫލުކޮށް ބިރުވެތި ނުވެވޭނަމަ އެމީހާގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ 

"ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ވެރި އަދި ތިއަބައިމީހުންގެ ވެރި اللَّه އަށް ތިމަންކަލޭގެފާނު وكيل ކޮށްފީމެވެ. ހިނގާބިނގާ އުޅޭ އެއްވެސް ދިރޭ އެއްޗެއް، އެ އެއްޗެއްގެ ناصية ގައި، އެކަލާނގެ ހިއްޕަވާ حال ގައިވާ ކަމުގައި މެނުވީ ނުވެތެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ވޮޑިގެންވަނީ، ސީދާވެގެންވާ މަގުގައެވެ. (ނޯޓު: ناصية އަކީ، ނިތްކުރިމަތީގެ އިސްތަށިގަނޑެވެ. ناصية ގައި ހިއްޕެވުމުގެ مراد އަކީ، ހުރިހައި ބާރެއް އެކަލާނގެއަށް ملك ވެގެންވުމެވެ".) (ހޫދް: 56) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން