ފިރިހެނަކު ތިމާގެ ބޭނުންކޮށްފަ އެއްލާލައިފިކަމުގެ ޝަކުވާ އަންހެނުންނަށް ކުރެވެން ނެތް ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ފިރިހެނަކު ތިމާގެ ބޭނުންކޮށްފަ އެއްލާލައިފިކަމުގެ ޝަކުވާ އަންހެނުންނަށް ކުރެވެން ނެތް ސަބަބު-

ވަރަށް ގިނަ އަންހެނުންގެ ޝަކުވާއަކަށްވެފައި އޮންނަ އެއްކަމަކީ ކޮންމެވެސް ފިރިހެނަކު (ކައިވެނީގެ ބޭރުން) އޭނާގެ ބޭނުންކޮށްލާފައި އެއްލާލާފައި ދިއަ ކަމުގެ ޝަކުވާއެވެ. އެކަމާއިހުރެ ހިތްދަތިވެ މާޔޫސްވާ ކަމުގެ ޝަކުވާއެވެ. 

މިޝަކުވާއާ ޢާއިމެދު ވާހަކަ ދައްކަމުން ނަފްސާނީ ޢިލްމުވެރިއަކު ބުނެފައިވެއެވެ. "އެކަމަށް ޝަކުވާ ކުރުމުގެ އެއްވެސް ޙައްޤެއް އެއްވެސް އަންހެނަކަށް ލިބިގެނެއް ނުވެއެވެ. ސަބަބަކީ ބަނޑުހައިވެގެން އޮންނަ މިނިކާވަގެއްގެ ކުރިމަތީގައި ރޯމަސްގަނޑެއް ބާއްވައިފިނަމަ އެމަސްގަނޑު  ކައިނުލައި އެޖަނަވާރު ނުއޮންނާނެކަން އެނގެންޖެހޭނެއެވެ. އެހެންވީމާ ކުށްވެރިންނަކީ އަންހެނުންނެވެ." 

މިބަސްބުނި ޢިލްމްވެރިއަކީ މުސްލިމެއްވެސް ނޫނެވެ. ނަމަވެސް އޭނާ ކުށްވެރިއެކުރަނީ ކައިވެނިނުކޮށް އަންހެނުންގެ ހަށިގަނޑު ފިރިހެނުންނާއި ޙަވާލުކުރުމެވެ. އޭނާ އެބުނަނީ ފިރިހެނަކާއި ހަށިގަނޑު ހަވާލުކޮށްފިނަމަ އެމީހަކު ކުރަންބޭނުންވާ ކަންކަން ކުރާނެ ކަމެވެ. ދެރަ ލިބުނީމާ އެކަމުގެ ޝަކުވާ ކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމެވެ. 

ލޮބުވެތި އުޚުތުންނޭވެ! ކޮންމެ ދީނެއްގެ މީހަކަށްވީނަމަވެސް ޙައްޤަށް ބަސްބުނާނަމަ މިފަދަ ބަހެކެވެ. އިސްލާމް ދީނުގެ ކޮންމެ ޙުކުމެއް އައިސްފައިވަނީ މީސްތަކުންގެ ސަލާމަތަށެވެ. ރައްކައުތެރިކަމަށެވެ. މީސްތަކުންނަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަށެވެ. 

އެޙުކުމްތައް ބާވައިލެއްވެވި ﷲ ތަޢާލާއީ މީސްތަކުން އުފެއްދެވި ފަރާތެވެ. ވީމާ އިންށާނުންނަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތް ދެނެވޮޑިގެންވާ ފަރާތް، ﷲ ތަޢާލާ ކަމެއް ވަކިގޮތަކަށް ކުރަން އެންގެވުމުން އެއެންގެވުން ދޫކޮށްލާފައި އަމަލުކުރާ ގޮތުން ލިބޭނީ އަނިޔާއެވެ. ހަމައެކަނި ދުނިޔޭގައެއްވެސް ނޫނެވެ. އާޚިރަތް ދުވަހުގައިވެސްމެއެވެ. 

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންގެ ޢަބުރާ ޢިއްޒަތް އަމިއްލައަށް ވެއްޔާއި މޮޑެނުލާށެވެ! ﷲ ތަޢާލާ ތިއަ ކަނބަލުންނަށް ދެއްވަވާފައިވާ ޢަބުރާއި ޢިޒަތްކޮށް ހިމާޔަތްކޮށްގެން ޢިއްޒަތުގައި ދެމިތިބޭށެވެ! އެއިރުން ތިއަ ކަނބަލުންނަށް އަބަދުވެސް ތިބެވޭނީ އުފަލުގައެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން