ޤުރްއާނުގަ އޮތް މިންވަރަށް އަޢުރަ ނިވާނުކުރާ އަންހެނުން ނިކަން މިވާހަކަ އަޑުއަހާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޤުރްއާނުގަ އޮތް މިންވަރަށް އަޢުރަ ނިވާނުކުރާ އަންހެނުން ނިކަން މިވާހަކަ އަޑުއަހާލަބަލަ!

އަހުރެން ކުޑައިރު ބައިބަލް ދަސްކުރާ ކްލާހަކަށް ކިޔަވަން ދިއައިމެވެ. ކުރީގެ ފޮތް، އޯލްޑް ޓެސްޓަމަންޓުގެ ތޯރާ ޗެޕްޓަރު ކިޔަވަމުން ދިއައިރު ސުވާލު އުފެދުނު ކަމެއް ކުރިމަތިވިއެވެ. 

އޭގައި އޮތީ އަންހެނުން އަޅުކަންކުރާއިރު ފުރިހަމައަށް ނިވާވާންޖެހޭނެ ކަމަށެވެ. އެހެންވެ އަހުރެން އެކަމާއި ސުވާލުކުރީމެވެ. ކަލާނގެ މިގޮތަށް އަންގަވާފައިވަނިކޮށް ހެދުން އެޅުން އެހެން ގޮތަކަށް ބަދަލުކޮށްލައިގެން މިއުޅެނީ ކީއްވެގެންހެއްޔެވެ؟ 

އޭނާއަކަށް ޖަވާބެއް ނުދެވުނެވެ. ބުނީ އެއީ މާމުސްކުޅި ފޮތެއް ކަމަށާއި ފޮތްތައް މިހާރު މިވަނީ ބަދަލުވެފައި ކަމަށެވެ. ފަހުގެ ތަރުޖަމާތަކުގައި އެކަން އެގޮތަށް ނެތްކަމަށެވެ. އެޖަވާބު ދިނުމުން ވިއްދައިގެން އަހުރެން ބުނީމެވެ. "ކަލާނގެ ގެ ބަސްފުޅެއް ބަދަލުކުރަން ހުއްދަކުރީ ކާކު؟ ކީއްވެގެން ހެއްޔެވެ؟ އެއީ ކާކަށް ކުރެވިގެންވާނެ ކަމެއް ހެއްޔެވެ؟ ކަލާނގެ ބަސްފުޅު ޤަބޫލުނުކޮށް ޢަމަލުނުކުރާ މީހުންނަށް ވާނީ ކިހިނަކުން ހެއްޔެވެ؟" 

ދެން އޭނާ ބުނީ ދީނުގެ ކަންކަމާއި ސުވާލުނުކުރެވޭނެ ކަމަށެވެ. (މިހާރުގެ ޗާޕުގައި އޮތް ގޮތަށް) ބައިބަލް ޤަބޫލުނުކުރާނަމަ އެމީހަކު ދާނީ ނަރަކައަށް ކަމަށެވެ.

މިއަދު އަހުރެން މިހުރީ އިސްލާމްވެ ބުރުގާ އަޅައި ނިވާވެގެންނެވެ. މިއީ މުސްލިމް އަންހެނުން ތިބެންޖެހޭނެ ގޮތްކަމަށް އަހުރެން ޔަޤީންކުރަމެވެ. ނިވާވެގެން ތިބެން ﷲ އަންގަވާފައިވާކަން ކްރިސްޓިއަނުންގެ ފޮތުންވެސް އެނގިފައި އޮތްކަން އެއީ އިސްލާމްވުމަށްފަހު ބުރުގާ އަޅައި ނިވާވާން އަހުރެން އަވަސްވެގަތް ސަބަބެވެ.

މިއީ އަލަށް އިސްލާމްވި ކްރިސްޓިއަން އަންހެނަކު އިސްލާމްވުމަށްފަހުހު ދައްކާފައިވާ ވާހަކައެކެވެ. ދެން ނިކަން ބުނެބަލާށެވެ! އަންހެނުން އަޢުރަ ނިވާކުރަންވީ މިންވަރާއިމެދު ސުވާލުއުފައްދަން އޮތީ ކޮން ޖާގައެއް ހެއްޔެވެ؟

ހުރިހާ އުޚުތުންނަށް އާދޭސްކޮށްފައި ބުނަމެވެ. ޤުރްޢާނުގައިވާ މިންވަރަށް ނިވާވެގެންތިބޭށެވެ. ފުރިހަމަ ގޮތުގައި މުސްލިމުން ކަމުގައިވާނީ ޤުރްއާން ޤަބޫލުކޮށް ޢަމަލުކުރުމުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން