ރޭއަޅުކަންކުރަން ނުހޭލެވޭ އެންމެ ބޮޑު އެއް ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ރޭއަޅުކަންކުރަން ނުހޭލެވޭ އެންމެ ބޮޑު އެއް ސަބަބު!

ރޭއަޅުކަންކުރަން ކުރަން ފަށަން ބޭނުންވިނަމަވެސް ޢަމަލީ ގޮތުން އެކަން ނުކުރެވޭ މީހުން ވިސްނައިލަންޖެހޭ ބައެއް ކަންކަން ހާމަކޮށްލާނަމެވެ.  

﴿وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ﴾ [سورة الشورى 30] 

މާނައީ: "ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެއިލާހު ގިނަފާފަތައް عفو ކުރައްވަތެވެ." 

ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤު ނުލިބުމަކީ ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

އެއްފަހަރަކު މީހަކު އިމާމް އަލްހަސަނުލް ބަޞަރީއާއި ސުވާލުކުރިއެވެ. 

"ތިމަންމެނަށް ރޭ އަޅުކަން ކުރަން ނުހޭލެވެނީ ކީއްވެތޯއެވެ؟" 

ޖަވާބުގައި އިމާމް އަލްހަސަނުލް ބަޞަރީ ވިދާޅުވިއެވެ. 

"قيدتكم ذنوبكم" 

މާނައީ: "ތިއަބައިމީހުންގެ ފާފަތައް ތިއަބައިމީހުން ހައްޔަރުކުރީއެވެ.” (އެބަހީ: ފާފަތަކުގެ ސަބަބުން ތިއަބައިމީހުންނަށް ރޭ އަޅުކަންކުރުމުގެ ތައުފީޤް ނުލިބެނީއެވެ.) 

﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ﴾ [سورة غافر 60] 

މާނައީ: "އަދި ތިއަބައިމީހުންގެ ވެރިރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ". 

ފަތިސް ނަމާދު އެ ނަމާދުގެ ވަގުތުގައި ކުރުމުގެ ތައުފީޤް ދެއްވުން އެދި ގިނަގިނައިން ދުޢާކުރާށެވެ. އެންމެ ފައިދާހުރި ގޮތުގައި ދުވަސް ލިބިގެންދާނީ ފަތިސްނަމާދުން ދުވަސްފަށާ މީހުންނަށެވެ.

 

 

 

މިއަދު އޮންލައިން