ވެރިކަން ލިބިއްޖެނަމަ މާލެ އާއި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަރަންޓާއި ފެން އެއްހަމަކޮށް ފެނާއި ކަރަންޓުން މިހާތަނަށް ކޮށްފައިވާ ހުރިހާ ޖޫރިމަނާއެއް މައާފުކޮށްދޭނެ ކަމަށް ގައުމީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ތިނަދޫ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޤާސިމްވަނީ އެމަނިކުފާނަކީ ވެރިކަމަށް ފެންބޮވައިގަނެގެން އުޅޭ މީހެއް ނޫން ކަމަށާއި އެމަނިކުފާނު އުޅުއްވަނީ އިސްލާހީ މަސައްކަތުގެ ތެރެއިން ރައްޔިތު މީހާއަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ކަމަށް ވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދޭ ތަރައްޤީ އާއި ތަހުޒީބު ހޯއްދަވާދެއްވާނެ ކަމަށާއި އެކަމަށް އެމަނިކުފާނު ހުންނެވީ ޖޯޝާއެކު ތައްޔާރުވެގެން ކަމަށެވެ. ތިނަދޫ ސިޓީއާ މިސަރަހައްދުގެ ރައްޔިތުން އުންމީދު ކުރަމުންދާ މަޝްރޫއުތައް އެމަނިކުފާނުގެ ވެރިކަމެއްގައި ފުރިހަމަކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓާއި މިސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތް އެހެން ލެވެލްއަކަށް ގެންގޮސްދެއްވާނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. އެމަކިފާނުގެ ވެރިކަމެއްގައި މަސްވެރިންގެ އަތުން މަސްގަންނަ އަގު މަދުވެގެން 26 ރުފިޔާއަށް ބޮޑު ކޮށްދެއްވާނެ ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތުގައި އެމަނިކުފާނު މިހާތަނަށް ކުރައްވާފައިވާ އިންވެސްޓްމަންޓްތައް ސަރުކާރުން ގާއިމްކޮށްފައިވާ ފެސިލިޓީޒް ތަކަށްވުރެ ފުރިހަމަ ވާނެ ކަމަށާއި ކަންކަން ކުރެވޭނީ ކަންކުރުމުގެ ހެޔޮނިޔަތާއި ގާބިލްކަން ހުރި ފަރާތްތަކަށް ކަމަށެވެ.
ގާސިމް ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ މިއަދުގެ ގައުމުގެ ތަރައްޤީ މަޑުޖެހުމުންދާ ސަބަބު ކަމަށެވެ. މިސަރުކާރުން ރައްޔިތުންނަށް ވަނީ ޚިޔާނާތްތެރި ވެފައިކަމަށާއި ގައުމުގެ ފުދުންތެރިކަން އަމިއްލަ ޖީބަށް ޖަމާކުރަމުންދަނީ ގައުމު ފުޑާލާފައި ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާލުވީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ މިއަދުގެ ގައުމުގެ ތަރައްޤީ މަޑުޖެހުމުންދާ ސަބަބު ކަމަށެވެ. މިސަރުކާރުން ރައްޔިތުންނަށް ވަނީ ޚިޔާނާތްތެރި ވެފައިކަމަށާއި ގައުމުގެ ފުދުންތެރިކަން އަމިއްލަ ޖީބަށް ޖަމާކުރަމުންދަނީ ގައުމު ފުޑާލާފައި ކަމަށް ގާސިމް ވިދާޅުވިއެވެ.
މިއަދު ރާއްޖޭގެ ބައެއް ބޭރުބަޔަކަށް ދީ އަދި ރާއްޖޭގައި ބޭރުގައުމެއްގެ ސިފައިން ގާއިމްކޮށްފައިވަނީ ގަވާއިދާއި ހިލާފަށް މަޖިލީހުގެ ހުއްދަ ނުނަގާކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. ޤާސިމް ވިދާޅުވީ 10،000 ރުފިޔާ ދިނަސް ގައުމު ވިއްކާލި މީހަކަށް ވޯޓު ދޭކަށް ނުވާނެ ކަމަށެވެ.
ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބޭކަމަށް އިތުބާރު ހުރި މަސްދަރުތަކުން ސާބިތުވެއެވެ. އެއީ ލ.ކައްދޫ، އައްޑޫ ގަން، ހދ.ހަނިމާދޫ އަދި އުތުރު ތިލަފަޅުގައެވެ. މީގެއިތުރުން، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އައި ސްޓޭންޑަށް ބަދަލުގެނެސް، ނިންމި ނިންމުމެއްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އެހެން ގައުމެއްގެ އިހްތިސާސްގެ ދަށަށް ދިއުމާ ގުޅިގެން ވެސް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.
ގާސިމް ވިދާޅުވީ މާލޭ ސަރަހައްދައް މީހުން ޖަމާކުރުމުގެ ބަދަލުގައި އެމަނިކުފާނު ގައުމު ބިނާ ކުރައްވާ ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމްކުރައްވާ ސިޓީތަކުގައި ތަހުޒީބު ވަސީލަތްތައް ގާއިމްކޮށް ފުރުސަތުތައް އުފައްދައިގެންނެވެ. އެކަންކުރާނީ ދުނިޔޭގެ އެންމެ ތަހުޒިބު ސިޓީ ތަކުގެ ނަމޫނާއިއިންނާއި އެކަމުގެ އިލްމާއި ދިރާސާތައްކުރާ ކުރާ މާހިރުންގެ ލަފަޔާއި ބައިވެރިވުން ހޯދައިގެން ކަމަށެވެ.
ގާސިމް ވިދާޅުވީ "އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖެތެރެއާއި މާލޭގެ ތަފާތު ނައްތާލާނަން. އެއްހަމައަކާއި އެއްއުސޫލެއް ގާއިމްކޮށްދެއްވާ އަގުތަކުގެ ތަފާތު ނައްތާލާނަން. އަސާސީ ހިދްމަތްތަކުގެ ބިލްތަކަށް ކޮށްފައިވާ ޖޫރިމަނާތައް މައާފްކޮށްދެއްވާނަން. ރައްޔިތުން ފެލާލައި އުޞޫލުން އަގުނަގާ ނެގުން ނައްތާލާނަން. ރައްޔިތުންގެ ޖީބުތައް ފުރާދީ ތަނަވަސްކަން އިތުރުކޮށްދޭނެ ކަމަށްބުނެ އަންނަ ސަރުކާރުތަކުން މީގެ ކުރިން ރައްޔިތުންނަށް ދެއްކީ ދަޅަތަކެއް". ކަމަށެވެ.
ގައުމީ ކެންޑިޑޭޓް ވަނީ އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާއި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެމަނިކުފާނަށް ތާއީދު ކުރައްވާ އެމަނިކުފާނާއެކު މަސައްކަތްކުރައްވަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.
ގާސިމް ވިދާޅުވީ އެބޭފުޅުން އެމަނިކުފާނާއެކު މަސައްކަތް ކުރައްވަނީ ވިޝަންއަކާއި މިޝަންއެއް، ކަންކަން ކުރުމުގެ ވިސްނުމަކާއި ފިކުރެއް އަދި ތަސައްވަރެއް އެމަނިކުފާނު ގެންގުޅުއްވާތީ ކަމަށެވެ.
25 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގައި އިނދެ، ގާނޫނުއަސާސީ އާއި ގާނޫނުތައް ދަނެ، ގައުމުގެ ރައީސްކަން ލިބުމުން ޤާނޫނުއަސާސީ އާއި ގާނޫނުތަކާއި ރައީސް ސާލިހް ކަނޑައެޅިގެން ޚިލާފް ވެފައިވާ ކަމަށް ވިދާޅުވެ މިއީ ރައްޔިތުންނަށް ދިން ކިހާ ބޮޑު ނިކަމެތިކަމެއްތޯ ގާސިމް ސުވާލު ކުރެއްވިއެެެވެ.
ހަބަރު: ވީނިއުސް