އެންމެހާ ރައްޔިތުންނަށް ވަރަށް ވެދުން.
"މާދަމާ ނެގޭ ރިޔާސީ އިންތިޚާބުގެ ވޯޓަކީ ގައުމު ވަރަށް ނާޒުކު ޙާލަތެއްގައި އޮތް ވަގުތެއްގައި ނެގޭ ވޯޓެއް. ލޯނުގެ ދަންތުރައިގައި ވަކިވަކި ޢާއިލާތައް ޖެހި ވަނީ ބިކަ ވެފައި. ގައުމުގެ އިސްތިގުލާލަށް ދަނީ ބުރޫ އަރަމުން. ބޭސްފަރުވާފަދަ ޟަރޫރީ ބޭނުންތަކަށް ސަލާންޖަހަން ޖެހުން ވަނީ އާންމު ވެފައި.
ކޮރަޕްޝަނާ އިޖްތިމާޢީ މައްސަލަތަކުގެ ހާއްޔަކަށް ގައުމުވަނީ ބަދަލްވެފައި. މިކަންކަން ޙައްލުކޮށްދޭނެ ގާބިލް ތަޖުރިބާކާރެއް ބޭނުން. އިގްތިޞާދު ދަންނަ ވިޔަފާރިއަށް ފަރިތަ ލީޑަރެއް ބޭނުން. ރައްޔިތުންގެ ޙާލަށް ހަމްދަރުދީވާ އެމީހުންގެ ވިންދު އެނގޭ އިޙުސާންތެރިއެއް ބޭނުން.
އެފަދަ ބޭފުޅަކީ އޮންރަބްލް ގާސިމް އިބްރާހިމް. އެމަނިކުފާނުގެ ޒަޢާމަތުގައި އެކުލަވާލެވޭ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހާސްކަން ފިލާނެ. އަޅުގަނޑު އެދެނީ އަޅުގަނޑާ އޮންރަބްލް ގާސިމް އިބްރާހީމަށް (ކެންޑިޑޭޓް 5 އަށް) މާދަމާ ވޯޓުދެއްވައި ހޮއްވަވައިދެއްވުން."
ޤާސިމް އިބްރާހީމްގެ ރަނިންގމޭޓް އަމީން އިބްރާހީމް ގެ މެސެޖް ވަރަށް ކުރުނަމަވެސް މެސެޖް ވަރަށް ސާފެވެ. މިއަދު ޤައުމު އޮތް ޙާލަތު އެވަނީ ވަރަށް ކުރުގޮތަކަށް ވަރަށް ތަފްޞީލްކޮށް ބަޔާންކުރައްވައިފައެވެ. މިޙާލަތުން ޤައުމު ސަލާމަްތ ކުރެވޭނެ ގޮތަކަށް ވޯޓު ދެއްވުމަކީ ރައްޔިތުންގެ ކިބައިގައި އޮތް އެންމެ ބޮޑު ދީނީ އަދި ޤައުމީ ވާޖިބް ކަމަސް ދެކެގެން ވޯޓުދެމާތޯއެވެ!