މިއަދު ދިވެހިރާއްޖެ އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިތިބެވެނީ 4 އަނގޮޅިއެއްގަ! ކުދިބޮޑު ޒުވާން މުސްކުޅި އެންމެން މިވަނީ ދަރިވެރިންނަށްވެފަ. ހުރިހާ ރައްޔިތުން މިވަނީ ދަރަނިވެރިކުރުވާފަ. މިއަދު ބޭނުންވަނީ ޤައުމާއި ރައްޔިތުން މިޙާލަތުން ސަލާމަތްކޮށްދޭނެ ލީޑަރަކަށް!
އެކަން ކޮށްދެއްވޭނެ ހަމައެކަނި ލީޑަރަކީ ރައްޔިތުންގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމް. އެމަނިކުފާނު ވަނީ އެކަން ކޮށްދެއްވޭނެކަން މާޒީގަ ޢަމަލުން ދައްކަވައިދެއްވާފަ. އެމަނިކުފާނު މިއަދުވެސް ޔަޤީންކަން އެދެއްވަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަދި ކޮންމެ ޢާއިލާއަކަށްވެސް ފުދުންތެރިކަން ހޯއްދަވައި ދެއްވާނެކަން.
އެމަނިކުފާނަކީ އެމަނިކުފާނުގެ ކޮންމެ ވަޢުދެއް މިހައިތަނަށް ފުއްދަވައި ރައްޔިތުންނަށް އެކަން ދައްކަވާފައިވާ ލީޑަރެއް! އިތުބާރުކުރަން މިޖެހެނީ އެހެންވެގެން!
- އަމީން އިބްރާހީމް / ޤާސިމް އިބްރާހީމްގެ ރަނިންގމޭޓް